މުއިއްޒު ހީލަތްތެރި ގޮތަކަށް ނަގަންއުޅޭ ފެންނަ ނުފެންނަ ވޯޓު ނަގަން ދިހަވަރަކަށް ދުވަހަށް ވީއެވެ. ފެންނަނ ނުފެންނަ ވޯޓާއި ގުޅިގެން އެތަކެއް ދުސްތޫރީ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެކަމަށް ޝަރުއީ ގޮތުން ފަރުވާ ހޯދުމަށް ރާއްޖޭގެ އެންމެ މަތީ ކޯޓަށް މައްސަލަތަކެއް ވަނީ ވައްދާފައެވެ.
ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓު ހުއްޓުވާ ދިނުމަށް ކޯޓު އަމުރަކަށް އެދުނު ފަހުން އެތައް ދުވަހެއް ވެއްޖެއެވެ. ފެންނަ ނުފެންނަ ވޯޓު ނެގަން އުޅެނީ ގާނޫނާއި ހިލާފަށް ކަމަށްބުނެ ވޯޓުނެގުން ހުއްޓުވާ ދިނުމަށް އެމްޑީޕީން ހުށަހެޅިތާ އެތައް ދުވަހެއް ފަހުން މައްސަލަ ލިބުނުކަން އެމްޑީޕީއަށް މިއަދު ވަނީ އަންގާފައެވެ. މައްސަލަ ހިނގާނެކަމެއް ނުވަތަ ނޫންކަމެއް އަދިއެއް ނޭގެއެވެ.
ފެންނަ ނުފެންނަ ވޯޓް ނެގުމަށް ކަޑައެޅިފައިވާ ސުވާލު ގާނޫނާ ހިލާފުކަމުން އެކަމާ ދެކޮޅަށް ގާނޫނީ ވަކީލުންގެ ބަޔަކު ހުށަހެޅި މައްސަލައެއް ވެސް ވާނުވާގައި ބޭއްވުމަށްފަހު އެ މައްސަލަ ބަލައިގެން ކަމަށް މިއަދު ސްޕްރީމް ކޯޓުން ބުނެފިއެވެ. ޝަރީއަތް ބާއްވާނެ އިރެއް މައްސަލައިގެ ކޮޅެއް މެދެއް ނޭނގެއެވެ.
ފެންނަ ނުފެންނަ ވޯޓަށް އަހަނީ ބާތިލުވެފައިވާ ކަމެއްގެ މައްޗަށް ކަމަށްބުނެ ދުސްތޫރީ މައްސަލައެއް ގާނޫނީ ވަކީލް އަލީހުސައިން ވެސް ސްޕްރީމް ކޯޓަށް ހުށަހަޅާފައި އެބަވެއެވެ. މައްސަލަ ބަލައިގެންކަމެއް ނުވަތަ ނޫންކަމެއް އަދިވެސް ނާންގައެވެ. އެއްޔަކީ މުއިއްޒުގެ އިންސާފުގައި އައުކަމެއްވެސް ނޫނެވެ. މީގެކުރިން މަޖިލިސް ބްލެކްމޭލު ކުރުމުން އަލީ ހުސައިން ހުށަހެޅި މައްސަލައަށް އަދިވެސް އެ ތިބެނީ ފައިން އަރައިގެންނެވެ.
ވޯޓުލާ ދުވަސް އައިސް ޖެހުނު އިރުވެސް ސްޕްރީމް ކޯޓު އޮތީ ނިދާ މަރުވެފައެވެ. މައްސަލަތައް ހިނގާނެކަން ނުވަތަ ނޫންކަމަށް ބުނަންވެސް ސްޕްރީމް ކޯޓު އޮތީ ބިރުންނެވެ. އިންސާފުވެރި ހުކުމެއް ނެރެފިނަމަ ދެ އިންތިހާބު އެއްކުރާ ފެންނަ ނުފެންނަ ވޯޓު ނެގޭނެ ގާނޫނީ ހަމައެއް ނުއޮންނާނެކަން ފަނޑިޔާރުންނަށް މާރަނގަޅަށް އެނގޭނެއެވެ.
މުއިއްޒުގެ މުށުތެރޭގައި މުޅި ޝަރުއީ ނިޒާމް އޮތުމުން މުއިއްޒު ބޭނުންނުވާ ގޮތަކަށް ކޯޓުން ހުކުމެއް ނެރުމަކީ ވޭވޭނެ ކަމެއް ނޫނެވެ. މުއިއްޒު ބޭނުންނުވާ ގޮތަކަށް ޝަރީއަތެއް ހިންގަން އުޅެފިއްޔާ ވާގޮތް ހުސްނުއްސުއޫދާއި މަހާޒާއި އަޒްމިރަލްދާ އާއިމެދު ކަން ހިނގާ ދިޔަގޮތުން ފަނޑިޔާރުންނަށް ސާފުވަނީތާއެވެ.
އެ ރަހައެއް މި ރަހައެއް ނޭނގޭ ވަރަށް ހުރިހާ ރިހައެއް އެއްކޮށްލައިގެން އީދު ދިގުރިހަގަޑު ހަދާއުޅެއެވެ. އީދާ ދިމާކޮށް އެކަހަލަ ދިގު ރިހަގަނޑެއްހެން އެކަމާގުޅުންހުރި ހުރިހާ މައްސަލަތައް ގުޅަކަރުވާލައިގެން ނެރޭ ހުކުމަކުން މުއިއްޒު ބޭނުންގޮތަށް ފެންނަ ނުފެންނަ ވޯޓު ނެގުން ހަލާލު ކުރެވޭވަރު ވަންދެން ސްޕްރީމް ކޯޓު އެ އޮތީ މާނިދި މަތުރާފައެވެ.
ފެންނަ ނުފެންނަ ވޯޓަށް ސްޕްރީމްކޯޓް އޮތީ މާނިދި މަތުރާފާ!؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ