މީގެ އަހަރެއްހާ ދުވަސް ކުރިން ފެނަކަ ކުންފުނީގެ މޭނިޖިން ޑިރެކްޓަރު(އެމްޑީ)ގެ މަގާމަށް އައްޔަން ކުރި މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
ވީ ކިހިނެއް؟ - ނަޖާހު އެ މަގާމުން ވަކިކޮށްފައި ވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު އެވެ.
ނަޖާހު މިއަދު އެ މަގާމުން ވަކިކުރިކަން، ޕީސީބީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ނަޖާހުއަކީ، މި ސަރުކާރުގައި ފެނަކައަށް އައްޔަން ކުރި ދެވަނަ އެމްޑީ އެވެ. ޑިސެމްބަރު 2024ގައި އޭނާ އެ މަގާމަށް އައްޔަންކޮށްފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ކުރީގެ މަޖިލިސް މެންބަރު މުއާޒު ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މުއާޒު އިސްތިއުފާ ދެއްވީ ސަރުކާރުން އަންގައިގެންކަމަށްވެ އެވެ.
ފެނަކަ އެމްޑީ ނަޖާހު ވަކިކޮށްފި؛ އައްޔަން ކުރިތާ ވީ އަހަރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ