ވިލިމާލެ ފަޅުތެރެއަށް ފީނަން ދިޔަ ބިދޭސީއަކު މަރުވެއްޖެ

ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު 22 އަހަރުގެ ނޭޕާލް ފިރިހެނަކު މިއަދު މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ ވިލިމާލެ ފަޅުތެރެއަށް ފީނަން ދިޔަ މީހަކު ގެއްލިގެން އެކަމުގެ ރިޕޯޓު މިއަދު ހެނދުނު 6:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ތަފްސީލް - މި ރިޕޯޓާ ގުޅިގެން ވިލިމާލެ ޕޮލިހާއި މެރިން ޕޮލިސް ގުޅިގެން ކުރި މަސައްކަތުން ހެނދުނު 6:55 ހާއިރު މޫދު އަޑީގައި އޮއްވައި އެ މީހާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާ މަރުވީ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް ކަމަށެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ