ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ”ޝަހީދު އަލީ ސްކޫލް“ މިއަދު ހުޅުވައިފިއެވެ.
އޭސީ ކޮށްފައިވާ 54 ކްލާސްރޫމް ހިމެނޭ އެ ސްކޫލު ރަސްމީކޮށް މިއަދު ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ޝަހީދު އަލީ ސްކޫލު ހުޅުވުމުގެ ގޮތުން މިއަދު އެ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި ސަރުކާރުގެ އިސް ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި އެ ސްކޫލުގެ ލޯގޯ އިފްތިތާހުކޮށްފައިވާއިރު ރައީސަށް ވަނީ ހަނދާނީ ފިލައެއްވެސް އަރުވައިފައެވެ.
ޝަހީދު އަލީ ސްކޫލަކީ، 1،500 ޖާގައިގެ ސްކޫލެކެވެ.
އެ ސްކޫލުގައި މަލްޓިޕާޕަސް ހޯލަކާއި ޒަމާނީ ވަސީލަތްތަކުގެ އިތުރުން ޓާފްދަނޑަކާއި އިންޑޯ ކުޅިވަރުތައް ކުޅޭވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ.
މީގެ އިތުރުން 400 ކުދިންގެ އޮޑިޓޯރިއަމަކާއި ލައިބްރަރީ އާއި ކޮމްޕިއުޓަރު ލެބާއި ތިން ސައިންސް ލެބާއި އިންޑޯ ހޯލަކާއި ބޭރުގައިވެސް ކުޅިވަރު ކުޅޭވޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރި ޝަހީދު އަލީ ސްކޫލް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ