ކެމްޕޭނުތަކުގައި ސަރުކާރަށް ތާއީދުކޮށް ވޯޓު ހޯދުމަށް ސިޔާސީ މަގާމުތަކާއި އެސްއޯއީތަކުން އެކިވަރުގެ ވަޒިފާ ދޭކަމީ ދޮގު ނުކުރެވޭނެ ހަގީގަތެކެވެ. ބޮޑެތި އާއިލާތަކާއި ވަކިވަކި ގްރޫޕްތަކާއި ގޭންގްތަކާއި ޖަމާއަތްތަކުގެ ވޯޓު ކޮންޓްރޯލް ކުރުމަށްޓަކައި ވަޒީފާ ބެހުމުގެ ސަގާފަތެއް ޕާޓީ ނިޒާމާއެކު ރާއްޖޭގައިވަނީ އަށަގެންފައެވެ.
ރައީސް މުއިއްޒަކީ އެކަމަށް އަރާހުރި މީހެކެވެ. މުއައްޒަފުން ނަގަނީ ކެމްޕޭނަކާ ގުޅުވައިގެން ނޫން ކަމަށް ތަކުރާރުކޮށް މުއިއްޒު ވެސްބުނެއެވެ. މިއަހަރުގެ މާރިޗު މަހުގެ 30ގައި ވެސް މުއިއްޒު އެހެން ބުނެފައިވެއެވެ. އެހެނެއްކަމަކު ކަން ހިނގަނީ ދިމާ އިދިކޮޅަށެވެ.
ކެންޕޭނު ޓީމުތަކާއި އެމްޕީންނާއި ރަށްރަށުގައި އޮންނަ ސްޓިއަރިންގ ކޮމެޓީތަކުން ބުނާހާ މީހަކަށް ސަރުކާރުގެ ކުންފުންނިތަކުން ވަޒީފާ ދިނުމުގައި ރައީސް މުއިއްޒުގެ ލަދެއް ހަޔާތެއް ނެތެވެ. ބަޔަކު ކިޔާފާނެ އެއްޗަކަށް ފަހުން ވެދާނެ ގޮތަކަށް ބެލުމެއްނެތި ހިފެހެއްޓުމެއް ނެތި ވަޒީފާތައް އޮއްސާލިއެވެ. ވަޒީފާއަށް އިއުލާނު ކުރުމެއް ފެންވަރެއް މެރިޓެއް ބެލުމެއް ނެތެވެ.
އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިހާބާ ގުޅިގެންވެސް އެތައް ބަޔަކަށް އަތްގުޅިނުކާވަރުގެ މުސާރައިގައި ވަޒީފާތައް ދީފައިވެއެވެ. ނިމިދި ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓު ކާމިޔާބުކުރުމަށްޓަކައި ސިޔާސީ މަގާމުތަކާއި އެސްއޯއީތަކުން ވަޒީފާ ދިނުމުގައި ތަނެއް ދޮރެއް ނުބަލައެވެ.
ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުމަށް މާތް ކަލާނގެ ގަންދީކޮށްގެން ހުރި ހުވާގެ މަތީންވެސް ހަދާނެއް ނެތެވެ. ވެރިކަމުގެ އާރާބާރު ގަދަކުރުމަށްޓަކާ ބުނިހާ މީހަކަށް ވަޒީފާދީގެން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވީ ތިޔަހެންނަކުން ނޫނެވެ. މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ބަޔަކަށް ހައްގުނޫން ފައިދާތަކެއް މުއިއްޒު ވަނީ ހޯދާދީފައެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ފޭލިވުމުން މީހުންގެ ކުރި މައްޗަށް ނިކުމެ ހަމައެއް ލަމައެއްނެތި ވަޒީފާބަހަން ރައްޔިތުން ގަބޫލެއް ނޫނޭ ބުނަން ލަދުނުގަތްކަމެވެ. ދެން އެހެން އެކަމެއް ނުކުރާނަމޭ ބުނިއިރު ކުރި ކަންތައް ހަލާލުވާނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. މާގާމުގެ ބޭނުންކޮށްގެން ބަޔަކަށް ހައްގުނޫން ފައިދާތަކެއް ހޯދާދިންކަމާއި ދައުލަތުގެ މުދަލާ ފައިސާއަށް ހިޔާނާތްތެރި ވީކަމަށް މުއިއްޒު އިއުތިރާފް ވުމުން ތަހުގީގުކޮށް ޝަރީއަތް ހިންގުންނޫން ކަމެއް ކުރާކަށްނެތެވެ.
ހައްގުނޫން މަންފާ ހޯދާދިނުމާއި ހިޔާނާތުގެ ކުށުގައި މުއިއްޒު ހައްޔަރު ކުރަންޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ