ރައްޔިތުންގެ ޝަކުވާތައް ގާތުން އައްސަވަން ރައީސް ބޭނުންފުޅުވޭ މަޖިލީހުގެ މި ދައުރަށް 27 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ރައީސް ވިދާޅުވެއްޖެ ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި، ރައީސް ފުރާވަޑައ

ރައީސް ވިދާޅުވި ގޮތުގައި އިސްލާމީ އަގީދާ މަގުދައްކަނީ ގައުމީ ކޮންމެ ކަމެއްގައި އެންމެން އެކަތިގަނޑަކަށް ވެ، އެކަކު އަނެކަކަށް އެހީތެރިވެ އޯގާތެރިވުމަށެވެ. މީގެ 21 އަހަރު ކުރިން ކުރިމަތިވި ސުނާމީގެ ނުރައްކާތެރި ވަގުތުގައިވެސް، އަދި އޭގެ ފަހުން ދިމާވި ކޮންމެ ގޮންޖެހުމެއްގައިވެސް ދިވެހިންގެ ސަލާމަތަކަށްވީ މުސްލިމުންގެ ގޮތުގައި ތިބެ ދަމަހައްޓަމުން އަންނަ މިފަދަ ރިވެތި އަހުލާގެވެ. މި ދުވަހުގެ މުނާސަބަތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ، ދިވެހިންގެ މެދުގައި އޮންނަ އުހުއްވަތްތެރިކަމާއި ކުލުނު ދެެމެހެއްޓެވުމަށް އެދިވަޑައިގެންފައެވެ.
ސުނާމީ ކާރިސާއަށް މިއަދު 21 އަހަރު ފުރިގެންދާއިރު، އެ ހިތާމަވެރި ހާދިސާގައި 82 ދިވެހިން މަރުވެ، 26 މީހަކު ގެއްލި، އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިގެން ދިޔައެވެ. ނަމަވެސް އެ ދުވަހު ދިވެހި ރައްޔިތުން ދައްކުވައިދިން އެއްބައިވަންތަކަމާއި ހިތްވަރަކީ ގައުމީ ތާރީހުން ފެންނަން އޮތް އެންމެ އުޖާލާ ނަމޫނާއެވެ. މި ދުވަސް ފާހަގަކުރަނީ އެ ހަނދާންތައް އާކޮށް، ގައުމީ އެއްބައިވަންތަކަން ދެމެހެއްޓުމުގެ މުހިންމުކަން ރައްޔިތުންނަށް ހަނދާންކޮށްދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ