ގދ. ފިޔޯރީގެ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާއެކު ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ، ޑރ. ޢަބްދުالله މުއްޠަލިބްއެވެ.
އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.
އަރިހުގައި ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރ އަޝްރަފް ރަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ފިޔޯރީގެ މަގުހެދުމުގެ މަޝްރޫޢު އާރް.ޑީ.ސީއާ ހަވާލުކޮށްފައިވަނީ 71,208,238.32 ރުފިޔާއަށެވެ.
ދެ އަހަރުތެރޭ ނިންމާ ގޮތަށް ފިޔޯރީ މަގު ހެދުމުގެ މަޝްރޫޢު އާރްޑީސީއާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ