އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 294،937 މީހުންގެ ލިސްޓު އާންމުކޮށް، ވޯޓުފޮށިތަކުގެ މައުލޫމާތު ވެސް އާންމުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 294،937 މީހުންގެ ތެރެއިން 150،410 މީހުންނަކީ ފިރިހެނުން ކަމަށެވެ. ބާކީ ތިބި 144،527 މީހުންނަކީ އަންހެނުންނެވެ.
އީސީން އާންމުކޮށްފައިވާ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ލިސްޓަށް ޖެނުއަރީ 18، ވާ އާދީއްތަ ދުވަހުގެ މެންދުރު 15:00 ގެ ނިޔަލަށް އިލެކްޝަންސްގެ މައިޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އެވެ.
އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ސައްހަ ކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެ ކަމަށް އީސީން ބުންޏެވެ.
ރަޖިސްޓްރީއަށް މީހަކު އިތުރުކުރުމަށް، ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަން އީސީން ވަނީ އެދިފަ އެވެ.
މީގެއިތުރުން އީސީން ބުނީ ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
ކައުންސިލް އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބަހައްޓާނެ އެވެ. އަތޮޅުތެރޭގައި 321 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 240 ވޯޓުފޮށި ބަހައްޓަން ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ތިން ފޮށި، ޖަލުތަކުގައި ފަސް ވޯޓުފޮށި، ރިސޯޓްތަކުގައި 50 ވޯޓު ފޮށި އަދި ރާއްޖެއިން ބޭރުގައި ދެ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރެވޭނެ އެވެ.
ކައުންސިލް އިންތިހާބު 2026: ވޯޓުލެވެނީ 294،937 މީހުންނަށް، ފޮށިތަކުގެ މައުލޫމާތު އާންމުކޮށްފި ކައުންސިލް އިންތިހާބު 2026: ވޯޓުލެވެނީ 294،937 މީހުންނަށް، ފޮށިތަކުގެ މައުލޫމާތު އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ