ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު އިސްތިއުފާ ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަލީ އާރިފު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ ހުންނެވީ ރައީސް އޮފީހުގައި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމުގައެވެ.
އޭނާ އަކީ ރައީސް އޮފީހަށް މިނިސްޓަރުންގެ ފެންވަރުގައި އައްޔަން ކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
އިއްޔެ ވެސް ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވަމުން ގެންދެވި ބައެއް ބޭފުޅުން އިސްތިއުފާ ދެއްވިއެވެ. އޭގެ ތެރޭގައި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު، އަބްދުލްމަތީން ހިމެނިވަޑައިގަންނަވައެވެ.
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ