ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ ޖަރުމަނުވިލާތުގެ ބެޔާން މިއުނިކާއި، ބެލްޖިއަމްގެ ޔޫނިއަން ބައްދަލުކުރިމެޗް ބެޔާނުން ކާމިޔާބުކޮށް ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ބެލްޖިއަމްގައި ކުޅުނު މިމެޗްގައި ރޭ ތަރިއަކަށްވީ އިނގިރޭސި ކުޅުންތެރިޔާ ހަރީ ކޭންއެވެ. މިމެޗްގައި ކޭން ވަނީ ބެޔާނަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗްގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު ކޭން ޖަހާފައިވަނީ، 52 ވަނަ މިނެޓް ތެރޭގައެވެ. އަދި ދެވަނަ ލަނޑު ޖަހާފައިވަނީ، އޭގެ ދެ މިނެޓްފަހުން ލިބުނު ޕެނަލްޓީއަކުންނެވެ.
މެޗްގައި މޮޅަށް ކުޅެ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީވެސް ބެޔާނުންނެވެ.
ޔުއެފާ ޗެމްޕިއަންސް ލީގްގައި ރޭ ކުޅުނު މެޗްތަކުން ޔުވެންޓަސް، ބާސެލޯނާވެސް ވަނީ ކާމިޔާބުކޮށްފައެވެ.
ޗެމްޕިއަންސްލީގްގައި ރޭ ކުޅުނު މެޗްތަކަށްފަހު ލީގް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، 21 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި އޮތީ އާސެނަލް އެވެ. ދެވަނާގައި 18 ޕޮއިންޓާއެކު ބެޔާން އުޅޭއިރު ތިންވަނާގައި އުޅެނީ 15 ޕޮއިންޓާއެކު ރެއަލް މެޑްރިޑެވެ.
ކޭން ގެ ދެ ލަނޑުން މޮޅުވެ، ބެޔާން އަނެއްބުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ