ނައިފަރާއި ހިންނަވަރު ބްރިޖަކުން ގުޅާލާނަން: ގާސިމް

ޅ. އަތޮޅު ހިންނަވަރާއި ނައިފަރާއި ދެމެދުގައި ހުރި ފަޅުތައް ބްރިޖަކުން ގުޅާލާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.ޅ. ނައިފަރުގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނުު ވެރިކަމަށް ހޮވިއްޖެ ނަމަ ނައިފަރާއި, ހިންނަވަރުގެ ދެމެދު އޮތް ފެލިވަރާއި މަޑިވަރުގެ އިތުރުން ގޭރިފަރު ބްރިޖަކުން ގުޅާލާނެ ކަމަށެވެ.ގާސިމް ވިދާޅުވީ މި ރަށްތައް ގުޅާލުމުން ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިއެރުންތަކެއް ލިބި ތަރައްގީ އާއި ކުރިއެރުން ލިބިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ."ގާތްގަނޑަކަށް 300 މީޓަރު އެއްފަޅު އަނެއް ފަޅާ ދޭތެރޭގައި މި ހުންނަނީ. އެންމެ ދިގުކޮށް މިއޮންނަ ދޭތެރޭގައި ވެސް ހުރީ 500 މީޓަރު. އަޅުގަނޑުގެ ވެރިކަމެއްގައި މިތަން އެއްކޮށް ބްރިޖުން ގުޅާލާނަން،" ގާސިމް ވިދާޅުވި އެވެ. ނައިފަރާއި ހިންނަވަރު ގުޅާލުމަކީ މި ސަރުކާރުގެ ވެސް ވައުދެކެވެ.ގާސިމް ވަނީ ނައިފަރު އަދި ހިންނަވަރު ބިން ހިއްކުމަށްފަހު ގިނަ އަދަދެއްގެ ފްލެޓް އެ ދެ ރަށުގައި އެޅުމަށްވެސް ވައުދުވެފަ އެވެ. އަދި ނައިފަރުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަށްވެސް ވައުދުވެވަޑައިގެންނެވި އެވެ.ގާސިމް މިއަދު ޅ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ނައިފަރަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފަ އެވެ. ގާސިމްގެ އަރިހުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ނައިފަރަށް ވަޑައިގަތެވެ.ގާސިމް ވަނީ، އަންނަ މަހުގެ 9ގައި އޮންނަ އިންތިހާބުގައި ވަރަށް ވިސްނުންތެރިކަމާ އެކު ވޯޓު ދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ