އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ މީހުން ދިރިއުޅޭ އިމާރާތަކަށް ދިން ހަމަލާއެއް ގައި 10 މީހުން ޝަހީދުކޮށްލައިފިއެވެ.
ޣައްޒާ ސިޓީގެ ހުޅަނގު އުތުރުގެ ސަރަހައްދުގައި ހުރ މީހުން ދިރިއުޅޭ އިމާރާތަކަށް އިސްރާއީލުން ހަމަލާ ދިން އާއިލާ އެއް އެ އިމާރާތުގެ އެތެރޭގައި ތިއްބެވެ.
ޔަހޫދީ އިސްރާއީލުގެ އަސްކަރިއްޔާ އިން ވަނީ ފަލަސްތީނުގެ މީހުން ދިރިއުޅޭ އިމާރާތް ތަކަށް ހަމަލާ ދިނުން މި ފަހުން އިތުރު ކޮށްފައެވެ. ޚާއްޞަކޮށް ޣައްޒާގެ މެދުތެރެ އާއި އުތުރުގެ ސަރަހައްދުތަކަށް ދޭ ހަމަލާތައް ވަނީ އިތުރު ވެފައެވެ.
ޣައްޒާގެ އުތުރަކީ އިސްރާއީލުން އެހީގެ ސާމާނު ވެސް ވެއްދުން މަނާކޮށްފައިވާ ސަރަހައްދެކެވެ. ޒަރޫރީ ބޭނުންތައް ފުއްދާނެ ސާމާނުތަކާއި ނުލައި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސް، އިންސާނީ ބޮޑު ކާރިސާ އެއް ހިނގުމުގެ ބިރު ބޮޑުވެފައެވެ.
އިސްރާއީލުގެ ހަމަލާއެއްގައި 10 މީހުން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ