ހަފްތާ ބަދިގެ: ވެނީލާ ޓްރެސް ލެޗެސް ކޭކް


ކޮންޓެއިނަރަކަށް ކޭކް ފުށް ޕެކެޓް، ކިރު، ބިސް އަދި ބަޓަރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޓްރޭއެއްގައި ބަޓަރު ހާކައި މި މިކްސް ޓްރޭއަށް އެޅުމަށްފަހު ހޫނުކުރެވިފައިވާ އަވަން އެއްގައި މި ކޭކް ފިހެލާށެވެ.
އެހެން ކޮންޓެއިނަރެއްގައި ގެރިކިރު، އެވަޕަރޭޓެޑް މިލްކް އަދި ހެވީ ކްރީމް އެއްކުރުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.
ކޭކް ފިހެވުމުން އުލެއް ބޭނުންކޮށްގެން ކޭކްގައި ލޯވަޅު އެޅުމަށްފަހު ތައްޔާރުކުރި ކިރު މިކްސް މީގެ މަތީގައި ފަތުރާލާށެވެ.
އެހެން ކޮންޓެއިނަރެއްގައި ވިޕިން ކްރީމް ރަނގަޅަށް އެއްކޮށްލުމަށްފަހު ކޭކުގެ މަތީގައި ފަތުރާލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ