އަޅުގަނޑުމެން ބޭނުންވަނީ މުޅި ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީ ޔަޤީންކޮށްދޭން! ނުވެފަ ހުރި މުހިއްމު ބޮޑެތި ކަންތައްތައް، ގެދޮރުވެރިކަމުންގޮސް އެންމެ ކުދި ކަންކަމާ ހަމައަށް ތަރައްޤީ ޔަޤީންކޮށްދޭން!: ޑރ. މުޢިއްޒު

އަޅުގަނޑުމެންގެ ފިކުރަކީ ތަރައްޤީގެ ފިކުރު. އަޅުގަނޑުމެން ބޭނުންވަނީ މުޅި ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީ ޔަޤީންކޮށްދޭން. މި މާލެ ސިޓީގެ ރައްޔިތުންނަށް ނުވެފަ ހުރި މުހިއްމު ބޮޑެތި ކަންތައްތައް، ގެދޮރުވެރިކަމުންގޮސް އެންމެ ކުދި ކަންކަމާ ހަމައަށް ތަރައްޤީ ޔަޤީންކޮށްދޭން. 
މި ތަރައްޤީ ޔަޤީން ކުރުމަށްޓަކާ ރައްޔިތުން ވޯޓު ދެއްވީ މިދިޔަ ރިޔާސީ އިންތިޚާބުގަ. އެމަސައްކަތް ކުރަން އަޅުގަނޑު ވަޢުދުވީ. މި މާލޭގެ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިއްމު ކަންކަމަކީ އެންމެ ފުރަތަމަވެސް ގެދޮރުވެރިކަން. މުޅި ރާއްޖޭގެ ރައްޔިތުންނަށްވެސް އެންމެ މުހިއްމީ ގެދޮރުވެރިކަން. އެހެންވީމަ އެންމެ ފުރަތަމަ ވަޢުދަކަށްވެސް ޤައުމީ މުހިއްމު، ޤައުމީ މިނިވަންކަމާ ގުޅިފައިވާ ކަންކަމަށްފަހު އަޅުގަނޑު ވީ ވަޢުދަކީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމުގެ ވަޢުދު. 
މިވަޢުދު ނުފުއްދޭނެ މިކަމަށް ހުރަސްއަޅާނެ ބަޔަކު ރައްޔިތުންގެ މަޖްލީހުގެތެރޭގަ ރެއާއި ދުވާލު ސަރުކާރާ ދެކޮޅަށް ވަކި އެޖެންޑާތަކެއް ކުރިއަށް ލައިގެން މަސެއްކަތް ކުރާނެ ބަޔަކު އަޅުގަނޑުމެން ޚިޔާރު ކޮށްފިއްޔާ. އޭގެ ބަދަލުގަ މި މުހިއްމު ހައްސާސް މައްސަލަ ބާރު ސްޕީޑުގައި ގެންގޮސް ޔަޤީންކަމާއެކީގައި އަޅުގަނޑު ވަޢުދުވެފައިވާ ގޮތަށް މި 5 އަހަރު ނިމެންވާއިރުގަ ރާއްޖޭގަ ގެދޮރުވެރިކަމުގެ ފުރަތަމަ ގެދޮރު، ކޮންމެ މީހަކަށްވެސް މަދުވެގެން 1 ބޯހިޔާވަހިކަމުގެ ޔަޤީންކަން، އެއްތަން. 
އެއް ހައުސިން ޔުނިޓް. އެ ޔަޤީންކަން ޙާސިލް ނުކުރެވޭނެ މި ވިސްނުމާ އެއްގޮތަށް އެއްބާރުލުން ދޭނެ ބަޔަކު ތިބޭފުޅުން ޚިޔާރު ނުކޮށެއް. ދެން ،މިކަމުގަ އަޅުގަނދުމެން ރިސްކެއް ނަގަންވީ އެއްވެސް ކަމެއް އެބައޮތްތޯ؟ މާލެސިޓީގެ ރައްޔިތުން، މާލޭގެ 17 ދާއިރާއަށް އަޅުގަނޑުމެންގެ ފަރާތުން ކުރިމަތިލާފައި ތިއްބެވި ކެނޑިޑޭޓުން ޚިޔާރު ކުރެއްވީމާ މާލޭގެ ރައްޔިތުންނަށް އަޅުގަނޑު މިދިން ޔަޤީންކަން، ދެމުން މި އަންނަ ޔަޤީންކަން، ދީފައިވާ ޔަޤީންކަން، ޔަޤީން ކަމަކަށް ހަދައިދޭނަން އިރާދުކުރެއްވިއްޔާ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ