މިއަދު ފާހަގަ ކުރެވެމުންދާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ރެލީ މިއަދު ހަވީރު ކުރިޔަށްދާނެކަމަށް، މި ހިނގާލުން އިންތިޒާމްކުރާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ޗެމްބާސްއިން ބުނެފިއެވެ.
އެ ޔޫނިއަން ބުނެފައިވަނީ މިއަދުގެ ރެލީ ފެށިގެންދާނީ ރަސްފަންނުން 3:45ގައި ކަމުގައެވެ. އަދި މަޖީދީމަގުން ހިނގާލާފަ ގޮސް ރެލީ ނިމިގެންދާނީ އާރޓިފިޝަލް ބީޗަށްކަމަށްވެސް އެ ޔޫނިއަންއިން ބުނެފައި ވެއެވެ.
އެ ޔޫނިއަން ބުނެފައިވަނީ މި ރެލީގަ މަސައްކަތްތެރިން ނިސްބަތްވާ ހުރިހާ މަސައްކަތްތެރިން ބައިވާނެ ކަމަށާއި، މި ރެލީގެ މަސައްކަތްތެރިން އެ ބޭފުޅުންގެ ޝުއޫރުތައް ފާޅުކުރާނެ ކަމުގައެވެ.
އަދި މި ރެލީއަކީ ސިޔާސީ އެއްވުމެއް ނޫންކަމަށާއި، މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފަ އޮތް ސަބަބަކީ ވިޔަފާރިވެރިންނަށާއި ސަރުކާރު މުވައްޒަފުންނަށްވެސް މި ހަރަކާތުގައި ބައިވެރުވުމަށް ހިތްވަރު ދިނުން ކަމުގައެވެ.
މީގެ ކުރިންވެސް މާލޭގައި މޭޑޭ ފާހަގަ ކުރުމަށް ބޮޑެތި އެއްވުންތައް ބާއްވާފައިވެއެވެ. މަސައްކަތް ތެރިންގެ ހައްގުތައް ހޯދުމަށް ބޭއްވި މިއެއްވުންތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއްވުމަކީ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާއެވެ.
ދިވެހިރާއްޖޭގައިވެސް މޭޑޭއަކީ ކޮންމެ އަހަރަކުވެސް އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ފާހަގަ ކުރުމަށް މަސައްކަތް ކުރެވެމުން އައިސްފައިވާ ދުވަހެކެވެ. އަދި ގިނަފަހަރަށް ރާއްޖޭގައި މިދުވަސް ފާއިތުވެދިޔަ ތަނުގައި ފާހަގަށް ކޮށްފައިވަނީ، ސިޔާސީ ފަރާތްތަކުން އިސްވެސް ތިބެގެންނެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ އަހަރަކުވެސް މި ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމާއި ދެކޮޅަށް، އަބަދުވެސް އޭރަކު އޮންނަ ސަރުކާރަކުން ބޮޑެތި ހުރަސްތަކާއި ގޮންޖެހުންތަކާ އޮންނަނީ ކުރިމަތި ލާންޖެހިފައެވެ.
މިއަދަކީ ބައިނަލްއަގުވާމީގޮތުން ފާހަގަ ކުރަމުންދާ މަސައްކަތްތެރިންގެ ދުވަހެވެ. ބައިނަލްއަގުވާމީގޮތުން, މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަމުގެ ދުވަހެއް ފާހަގަ ކުރުމުގެ މަގްސަދަކީ, ގައުމެއްގެ ކުރިއެރުމުގައި މަސައްކަތްތެރިން ދައުރާއި, ވާ މަތިވެރި ގުރުބާނީތަކުގެ އަގުވަޒަންކޮށް, މަސައްކަތްތެރިންގެ ހަގުތަކަށް ވާ އަދި ވެވޭ އިހުމާލު ވަޒީފާ ދޭ ފަރާތްތަކާއި ސަރުކާރުތަކުގެ ސަމާލުކަމަށް ގެނައުމެވެ. މަސައްކަތްތެރިންގެ ހައްގުގައި އެދުވަހު އަޑު އުފުލުމެވެ.
މޭޑޭ ރެލީ މިއަދު ހަވީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ