އީރާނުގެ ތެޔޮ ވިއްކުމުގެ ހުއްދަ އެމެރިކާއިން ވަގުތީގޮތުން ދީފި

އީރާނާ އެކު ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށް ކުރެވޭ މަޝްވަރާތަކަށް މަގުފަހިކުރުމުގެ ގޮތުން، އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއްދީ، އީރާނުގެ ތެޔޮ ވިއްކުމުގެ ވަގުތީ ހުއްދައެއް އެމެރިކާއިން ދީފިއެވެ.
މި ވަގުތީ ހުއްދަ ދިނުމަށް އެމެރިކާއިން ނިންމީ، ސްވިޓްޒަލޭންޑުގައި ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުން ބައެއް ކަންކަމަށް އެއްބަސްވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ބައިނަލްއަގުވާމީ އެޓަމިކް ހަކަތައާ ބެހޭ އެޖެންސީ (އައި.އޭ.އީ.އޭ) ގެ އިންސްޕެކްޓަރުންނަށް އީރާނަށް ވަނުމުގެ ހުއްދަ ދިނުމާއި، ހޮރްމޫޒް ކަނޑުއޮޅިން ކަނޑުދަތުރުފަތުރު ކުރުމުގެ މިނިވަންކަން ދެމެހެއްޓުން ހިމެނެއެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ފުރަތަމަ ފިޔަވަޅު އެޅީ 1979 ވަނަ އަހަރު އީރާނުގެ އިންގިލާބީ ދަރިވަރުން އެމެރިކާ އެމްބަސީ ހިސާރުކުރުމާ ގުޅިގެންނެވެ. އޭގެ ފަހުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި އެކި ޖަމާއަތްތަކަށް ވާގިވެރިވާ ކަމަށް ބުނެ އެމެރިކާއިން ދިޔައީ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ