ހަވީރު ނޫހުގެ މައްސަލާގައި ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބުނާ ގޮތަށް ހުކުމް ތަންފީޒު ކޮށްދޭން ފާރޫގު ހަސަނާއި އިބްރާހިމް ރަޝީދު މޫސާ އާއި މުހައްމަދު ނައީމް ސިވިލް ކޯޓަށް ހުށަޙެޅި މައްސަލަ އަށް ހަވީރު މީޑިއާ ގްރޫޕް ތަދައްހުލު ވެއްޖެ އެވެ.
ސިވިލް ކޯޓްގައި މިއަދު ފެށި މައްސަލައަށް ހަވީރު މީޑިއާ ގްރޫޕް ތައްދުއްހުލުވި އިރު މި ޝަރީއަތަށް ހަވީރު އެއް އެއް ހިއްސާދާރު މުހައްމަދު ނައީމް ތަދުއްހުލުވީ ފާރޫގައި އިބްރާހިމް ރަޝީދު މޫސާ ބޭނުންވާ ގޮތަށް ހިއްސާގެ ކަންކަން ގެންދިއުމަށް އެދި އެވެ.
ހަވީރު މީޑިއާ ގުރޫޕުން މި މައްސަލައަށް ތަދައްހުލު ވެފައިވާއިރު، އެ ކުންފުން ބުނީ ހަވީރު ނޫހާއި ހަވީރު އޮންލައިނަކީ އެ ކުންފުނީގެ މިލްކެއް ކަމަށެވެ. އަދި އެ ކުންފުނީގައި މުހައްމަދު ޒާހިރު ހުސެއިންގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށެވެ. އެ ކުންފުނިން މިގޮތަށް ބުނުމުން ޝަރީއަތުން ވަނީ، ހަވީރު ނޫހާއި އޮންލައިން އެ ކުންފުނީގެ ދަށަށް ދިޔަ ގޮތް ސާފުކޮށްދިނުމަށް އެދިފަ އެވެ. އެކަން ޝަރީއަތަށް ސާފުކޮށްދިނުމަށް ތިން ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ޒާހިރު ހުސެއިނާއި ހަވީރު މީޑިއާ ގުރޫޕްގެ ވަކީލް ވަނީ ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފަ އެވެ. އެ ސުވާލުތައް ކޮށްފައިވަނީ ހަވީރު ނޫހާއި އޮންލައިން އަދި މުވައްޒަފުންނާ ގުޅޭ ގޮތުންނެވެ. ސުވާލުތަކަށް ޖަވާބު ދެއްވަމުން މައްސަލަ ހުށަހެޅި ތިން ހިއްސާދާރުންގެ ވަކީލު ވަކީލް ވިދާޅުވީ، އެ މައުލޫމާތުތަކަކީ ޒާހިރަށް އެކަނި އެނގޭ މައުލޫމާތުތަކެއް ކަމަށާއި އެ މައުލޫމާތު ތިން ހިއްސާދާރުން ސާފުކޮށްދޭންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
ހަތަރު ހިއްސާދާރުން މަޝްވަރާކުރުމަށްފަހު ހަވީރު އޮޑިޓްކުރުމަށް ޝަރީއަތުން ވަނީ އަންގާފަ އެވެ. އަދި އޮޑިޓްކުރާނެ ފާމެއް ނިންމާ، އެކަން ޝަރީއަތަށް ހުށަހެޅުމަށް ގާޒީ ވަނީ އަންގާފަ އެވެ. އޮޑިޓާގުޅޭ ގޮތުން ހިއްސާދާރުން ގޮތެއް ނިންމައިފިނަމަ ދެން އޮންނަ މަޖިލީހެއްގައި ޝަރީއަތުން ގޮތެއް ކަނޑައަޅާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ދެން މި މައްސަލާގައި އަޑުއެހުމެއް އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.
ހަވީރުގެ އެހެން ހިއްސާދާރުންނާއެކު ހަވީރު ހިންގުމަށް ސިވިލް ކޯޓުން ކުރި އަމުރާ ގުޅިގެން ހަވީރު ނެރުން ވަނީ ހުއްޓާލާފަ އެވެ. އަދި މި މައްސަލައާ ގުޅިގެ ހިޔާލު ތަފާތުވުންތައް އައިސްފައިވާއިރު ސަރުކާރުން ބުނެފައި ވަނީ ހަވީރު ނެރުމަށް ކުރަންޖެހޭ ކަންކަމަށް ސަރުކާރުން މަގު ފަހި ކުރާނެ ކަމަށެވެ.
ހަވީރު މިލްކިއްޔާތާ ގުޅޭގޮތުން ހައިކޯޓުން ކޮށްފައިވާ ހުކުމްގައިވާ ގޮތުން ހަވީރު ނޫސް އެޖެންސީގައި ހަތަރު ބޭފުޅެއްގެ ހިއްސާ އޮވެ އެވެ. އެއީ، އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމް އަދި މުހައްމަދު ޒާހިރު ހުސެއިންނެވެ. ކޮންމެ ބޭފުޅެއްގެ އަތުގައި ވެސް އޮތީ 25 ޕަސެންޓްގެ ހިއްސާ އެވެ.
ހަވީރުގެ ޝަރީއަތަށް ނައީމާއި ހަވީރު މީޑީއާ ގްރޫޕް ތަދުއްހުލުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ