ބޯކޮށް ވާރޭ ވެހުނަސް، ވާރޭ ވެހޭ ދުވަސްތައް މަދުވާނެ: މެޓު

އަންނަ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް ރާއްޖެއަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް ވާރޭ ވެހޭ ދުވަސްތަކުގެ އަދަދު މަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ -  އެންވަޔަރަމެންޓު މިނިސްޓްރީ އާއި އެ މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން ހިންގަމުން އަންނަ އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓު ނަސްރު އިސްމާއިލް ވިދާޅުވީ، މަދު ދުވަސްތަކެއްގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގިނަ އަސަރުތަކެއް ކުރާނެ ކަމަށެވެ.
ތަފްސީލް - "އެވްރެޖު ރެއިންފޯލް އެބޯވް ނޯމަލްވެފައި އެވްރެޖު ރެއިންފޯލް ޑިކްރީޒް ވާ ނަމަ، ވާރޭ ވެހޭއިރު އެ ވެހެނީ ވަރަށް ބޯކޮށް. އޭގެ ސަބަބުން ވަރަށް ގިނަ އިމްޕްލިކޭޝަންތަކެއް އަންނާނެ،" ނަސްރު ވިދާޅުވި އެވެ.
މިހާރު ކުރަމުންދާނީ ދެ މޫސުން ބެދި މޫސުން ބަދަލުވާ ވިއްސާރަކަން އޭނާ ފާހަގަކުރެއްވި އެވެ.
"ނަމަވެސް އަދި މޫސުން ބަދަލުވި ކަމަށް ނިންމާ މިންގަނޑުތަކަށް ރިއާޔަތްކޮށް މޫސުން ބަދަލުވެއްޖެ ކަމަށް ނިންމާފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
މީގެ ކުރީގެ އަހަރުތަކުގެ ތަފާސްހިސާބުތައް ހިއްސާ ކުރައްވަމުން ނަސްރު ވިދާޅުވީ އާންމުކޮށް މެއި މަހުގެ ފުރަތަމަ ހަފްތާ ނުވަތަ ބައެއް ފަހަރު ދެވަނަ ހަފްތާގައި މޫސުން ބަދަލުވާ ކަމަށާއި ބައެއް ފަހަރު މަހުގެ ފަހުކޮޅަށް ވެސް ލަސްވާ ކަމަށެވެ.
"ރާއްޖެއަކީ އެންމެ ފުރަތަަމަ ސައުތު ވެސްޓް މޮންސޫން އޮންސެޓުވާ ގައުމު. އެއީ ސައުތު ވެސްޓް މޮންސޫން ފެށިގެން މި އަންނަނީ ސަދަން ހެމިސްފިއާ އިން ފެށިގެން މަޑުމަޑުން މައްޗަށް ޖެހިގެން،" އޭނާ ވިދާޅުވި އެވެ.
އެންމެ ފުރަތަމަ މޫސުން ފެށެނީ ދެކުނުގެ އަތޮޅުތަކަށް. ދުވަސްކޮޅަކަށް ފަހު މެދުރާއްޖެ ތެރެއަށް އަދި އެއަށް ފަހު އުތުރަށް މޫސުން ފެށޭ 
ފާހަގަ ކުރެވޭ - މެޓުން މިދިޔަ އާދިއްތަ ދުވަހު އާންމުކުރި މޫސުމީ ލަފާކުރުމުގައި ބުނީ، މި އަހަރުގެ ޖޫން އިން ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް އާންމުކޮށް މި ދުވަސްވަރު ވާރޭ ވެހޭ މިންވަރަށް ވުރެ ވާރޭ ވެހޭ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށެެވެ. ނަމަވެސް ފިނިހޫނުމިން އާންމުކޮށް ހުންނަ މިންްވަރަށް ވުރެ ހުރިހާ ސަރަހައްދެއްގައި ވެސް ހޫނުމިން މަތިވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ