މާތް ރަސްކަލާނގެ ކުޅަދުންވަންތަ ކަމެވެ. މިދާވަރުން ދަންޏާ އުޅެންޏާ އުޅޭހާ އައިޝާ އަކީ އައިޝާ ނޫންކަމަށް ވެސް ވެދާނެއެވެ. ތަންތާ ހުރިއްޔާ ހުރި އެލްސޯފާއަކީ ސޯފާ ނޫން ކަމަށްވެސް ކަނޑައަޅާ އެލްސޯފަތައް ނައްތާލުމުގެ އަމުރެއް ނިކުންނާކަށް ލަހެއް ނުވާނެއެވެ.
އިނގިރޭސި އަލިފުބާއިން އެލް އަކުރު ކަނޑާލުމުގެ ކޯޓުއަމުރެއް މުޅި ދުނިޔެއަށް ނުނެރެ މިފަހަރު ސަލާމަތެއް ނުވާނެއެވެ.
ގާނޫނު އަސާސީން ލިބިދިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމަތު ހޯދާ ލިބިގަތުމުގެ ހައްގާއި ނޫސްވެރިކަން ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގައިރުގާނޫނީ އަމުރަކަށް ކިޔަމަން ނުވުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
އާއްމުކޮށް މުޅި ރައްޔިތަށް ނުވަތަ ރައްޔިތުންގެ ތެރެއިން ބަޔެއްގެ މައްޗަށް ނެރޭ އަމުރަކުން އަސާސީ ހައްގެއް ހިފެހެއްޓޭނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ގެންނެވެ. ނެރޭ ކޯޓު އަމުރަކުން މުޅި ރައްޔުތެއްގެ މައްޗަށް ކަމެއް މަނާކުރުމުގެ ބާރެއް ކޯޓަކަށް ނުއޮންނާނެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކޮށް ކޯޓުއަމުރަކުން ހައްގެއް ނުހިފެހެއްޓޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ