ސިޔާމް އާއި ޒާރާ ވަރިވެއްޖެ

ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި އައިމިނަތު ޒާރާގެ ކައިވެނި، އަހަރެއް ނުވަނީސް މިއަދު ރޫޅާލައިފި އެވެ.
ވީ ކިހިނެއް؟- މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ކުރި އެ ކައިވެންޏަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ބ. ކަމަދުއަށް އުފަން ނެށުންތެރިޔާ އާއި ސިޔާމްގެ އެ ކައިވެނި ވެފައިވަނީ މި ފަހުން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ކައިވެނި ޕާޓީއަށެވެ.
އެކަމަކު އެ ކައިވެނި "ރިވެތިގޮތުގައި، މަޝްވަރާއަށް ފަހުގައި" ރޫޅާލާފައިވާކަން، ސިޔާމްގެ އެކުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އެމްޑީއޭ މެމްބަރު މުހައްމަދު އައްބާސް މިއަދު ވަނީ އިއުލާން ކުރައްވާފަ އެވެ.
ތަފްސީލް - އައްބާސް ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ:
ސިޔާމް އާއި ޒާރާގެ ކައިވެނި ކުރީ، އެކަކު އަނެކަކު ދެކެ ވަރަށް ބޮޑަށް ލޯބިވެގެން ކަމަށް
އަދި ކައިވެނި ރޫޅާލީ ވެސް، ރިވެތިގޮތުގައި މަޝްވަރާކުރުމަށް ފަހުގައި، ސުލްހަވެރިކަމާއެކު، ސުލްހަވެރި މާހައުލެއްގައި ކަމަށް
"ސިޔާމްއަކީ އެއްވެސް ބޭފުޅަކާ މެދު ނިކަމެތިކޮށް ކަންކުރައްވާނެ ބޭފުޅެއް ނޫނެވެ. އަދި ކޮންމެ ބޭފުޅަކާ މެދު ވެސް ކަންކުރައްވާނީ، ލޯބިން އަދި އޯގާތެރިކަމާއެކުގަ އެވެ،" އައްބާސް ވިދާޅުވި އެވެ.
"ކައިވެނި ކުރާ ކޮންމެ ދެމަފިރިއަކު މުޅި އުމުރު އެކުގައި ނޫޅެވުމަކީ މައްސަލައެއް ނޫނެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ