ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ
ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ވީއައިއޭގައި ހިދުމަތް ދޭ
އިދާރާތަކާއި ކުންފުނިތަކާއެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
(އެމްއޭސީއެލް) އިން އެއްބަސްވުންތަކެއް ހަދަން ފަށައިފި އެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލުން ބުނީ، މި އެއްބަސްވުންތަކުގެ މަގުސަދަކީ ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލް ހުޅުވާއިރު
އެއާޕޯޓުގެ އެކި ސަރަހައްދުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް, އެއް
ފެންވަރެއްގައި ބެހެއްޓުމާއި އޮޕަރޭޝަނަލް ޕްރެކްޓިސްތައް ހަރުދަނާ ކުރުން ކަމަށެވެ. އަދި
ފަސިންޖަރުންނާއި މުދާ އުފުލުމުގެ ހިދުމަތްތައް ފުރިހަމަވެ، މެދުނުކެނޑި ހިދުމަތް ދިނުމެވެ.
އެގޮތުން އެމްއޭސީއެލުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އާއެކު
އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުމުގެ ބޭނުމަކީ ވީއައިއޭ މެދުވެރިކޮށް ގަސްގަހާގެހި
އަދި ޖަނަވާރު އެތެރެކުރުމުގައި އިންޓަ އޭޖެންސީ ގުޅުން ހަރުދަނާކޮށް ކާގޯ އޮޕަރޭޝަންތައް
ހަލުވި ކުރުމެވެ.
ފަސިންޖަރުން އިތުރުވެ އާ ކަނެކްޝަން އިތުރުވަމުންދާއިރު، ރާއްޖޭގެ ވައިގެ މައި
ދޮރާށި ބަލަހައްޓާ ކުންފުނީގެ ހައިސިއްޔަތުން އެމްއޭސީއެލް އިން މި އަންނަނީ ވައިގެ
ދަތުރުފަތުރުގެ ދާއިރާގެ ދައުރު ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
އައު ޓާމިނަލް ހުޅުވެންވާއިރަށް އެމްއޭސީއެލުން ދަނީ ވީއައިއޭގެ ހުރިހާ ދިމާލަކުންވެސް ހެޔޮބަދަލުތައް ގެންނަމުންނެވެ.
ވީއައިއޭގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެއްބަސްވުންތަކެއް ހަދަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ