ސިއްކަ އަހުމަދު މަނިކުގެ ދެ ޅީދަރިންނާ ޤައުމު ޙަވާލުކުރުމުން ދެންވާނީ ކިހިނެތް؟
3 ނޮވެމްބަރު 1988ގެ ހަނދާން ތަަކަކީ ދުވަހަކުވެސް ދިވެހިންގެ ހަނދާނުން ފިލައިގެން ދާނެ ދުވަހެއް ނޫނެވެ. އެއްވެސް ކުށެއް ނެތް މަޢުސޫމް 19 ދިވެއްސެއްގެ ލޭ މިޤައުމުގެ ފަސްގަނޑަށް އޮހޮރުވާލި ބިރުވެރި އެ ދުވަހަކީ ދިވެހިންގެ ތެރެއިން ބަޔަކު އަޑީގައި ތިބެގެން ކުރުވިކަމެކެވެ. އަދި ހިތާމަޔަކީ މިއަދު މިޤައުމުގައި ބަސް ބުނަން އިސްވެ ތިބީވެސް އެ އުދުވާނީ ޙަމަލާގެ މޭސްތިރިއަށް ބަފައިބެ ކިޔާ ބޭފުޅުންކަމެވެ.ނޮވެމްބަރު 1988 ގެ އުދުވާނީ ޙަމަލާ މިޤައުމަށް ކުރިމަތި ކުރުވުމުގައި އިސްވެ ޙަރަކާތްތެރިވި ސިއްކަ އަހުމަދު އިސްމާއީލު މަނިކުގެ ދެ ޅީދަރީންނަށް ޤައުމުގެ ކަންކަމުގައި ބަސްބުނަން މިއަދު ފުރުޞަތު ލިބުމަކީ ޤައުމާމެދު ވިސްނާ ކޮންމެ ރައްޔިތަކުވެސް ކަންބޮޑުވާން ޖެހޭ ކަމެކެވެ. އެގޮތުން މިއަދު މިޤައުމުގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވި އިބްރާހިމް މުހައްމަދު ޞޯލިހަކީ ސިއްކަ އަހުމަދަށް ބަފައިބެ ކިޔާ ބޭފުޅެކެވެ. އޭނާ އަށް ބަފައިބެ ކިޔާ އަނެއް ބޭފުޅަކީ ދާދި ފަހުން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަން ކުރެވުނު އަހުމަދު ހަމީދު ނުވަތަ އެމްސީ ހަމީދުއެވެ.ޤައުމަށް ޣައްދާރުވި މީހެއްގެ ދެ ޅީދަރިންނަށް ޤައުމުގެ ކަންކަމުގައި އިސްވެ ބަސްބުނުމުގެ ޖާގަ ލިބިގެން ދިޔުމުން ދިވެހި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅުގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ޞިއްދީގުވެސް ވަނީ އެކަމާ ގުޅިގެން ޓްވީޓެއް ކުރައްވާފައެވެ.ޞިއްދީގު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، 3 ނޮވެމްބަރު 88ގެ ބަޣާވާތުގެ ޢުދުވާނީ ޙަމަލާގެ ބާނީ، ސިއްކަގެ ދެކުދިންނާ އިނދެގެން ތިބި ދެ މީހުން ކުރެ އެކަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ކަމަށާ އަނެކަކީ ކޮމިޝަނަރ އޮފް އޮފް ޕޮލިސް އަހުމަދު ހަމީދު ކަމަށެވެ. އަދި އެ ދެބޭފުޅުންނަށް ބަސްބުނާ ބަފާބެޔަކީ 19 މަރުގެ ޒިންމާ އުފުލަން ޖެހޭ ބޮޑު ބާޣީއެއް ކަމަށެވެ. އެހެން ކަމުން ދެން މިޤައުމާ މެދު ކަންވާނީ ކިހިނެތްތޯ ޞިއްދީގުވަނީ ސުވާލުއުފައްދާފައެވެ.ޞިއްދީގު އެ މޭރުމުން ޓްވީޓު ކުރައްވާފައިވާއިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ 3 ނޮވެމްބަރު 1988ގެ ޢުދުވާނީ ޙަމަލާ ރާއްޖެއަސް ގެނައުމުގައި އެންމެ އިސްސަފުގައި ތިބީ މިހާރުގެ ފަރސްޓް ލޭޑީ އެ އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ކެރަފާ އާއިލާގެ ބޭފުޅުންކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ