އަފްރާޝީމް އަވަހާރަކޮށްލަން ފަންޑުކުރި މީހުން އޮތީ އެނގިފަ، އެމީހުން ގޮސް ގުޅެނީ އެމްޑީޕީއާ: އުމަރު ނަސީރު

ރަހުމު ކުޑަ ގޮތަށް އަވަހާރަކޮށްލެވުނު ދިނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމަށް ފަންޑުކުރި ބަޔަކު ތަހުގީގަށް އެނގުނު ކަމަށާއި އެބަޔަކު ގޮސް ގުޅެނީ އެމްޑީޕީއާ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރައްވި އުމަރު ނަސީރު މިހެން ވިދާޅުވީ އޮންލައިން ނޫސް "އަވަސް" އިން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ "އަވަސް ހުކުރު"ގައި ވާހަކަ ދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލަން ފަންޑުކުރި ބަޔަކު ނޭނގޭ ކަމަށް ދައްކަނީ މުޅިން އެކުން ތެދު ވާހަކަތަކެއް ނޫން ކަމަށެވެ.
"ތަހުގީގަށް އޮތީ އެނގިފައި ފަންޑުކުރި މީހުން، އެމީހުން ހައްޔަރުވެސް ކުރި، އެމީހުން ޖަލަށްވެސްލި، ޖަލުގައި އަދި ގާތްގަނޑަކަށް ދެތިން މަސް ދުވަހަކަށް ބައިތިއްބަންވެސް ބޭއްތިއްބި، އެކަމަކު އެމީހުންގެ މައްޗަށް ޝަރުޢީ ކޯޓެއްގައި ސާބިތުކުރާ ވަރަށް ހެކި ނެތީ، އަދި އެފަންޑުކުރި މީހަކުވެސް ގޮސް ގުޅެނީ އެމްޑީޕީއާ" އުމަރު ވިދާޅުވިއެވެ.
އަފްރާޝީމް އަވަހާރަކޮށްލަން ފަންޑުކުރި ބަޔަކު ގޮސް ގުޅޭނީ އެމްޑީޕީއާ ކަމަށް އުމަރު ވިދާޅުވިއިރު، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމަށް ރާވައި އެކަމަށް ޚަރަދުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހުމާމް ދީފައިވާ ބަޔާނުގައިވެއެވެ.
އޭގެ އިތުރުން އެ ބަޔާނުގައި ހުމާމް ބުނެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލައިފި ނަމަ ހަތަރު މިލިއަން ރުފިޔާ ލިބޭނެ ކަމަށް ރީކޯ މޫސަގެ ދަނބިދަރި އަބްދުﷲ ޖާވިދު (ޖާ) އޭނާގާތު ބުނި ކަމަށެވެ. ނަމަވެސް އެމައްސަލައިގައި އަބްދުﷲ ޖާވިދު (ޖާ) އާއި އޭނާގެ ބޭބެ ޖަނާ ހައްޔަރުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
އުމަރު އިތުރަށް ވިދާޅުވެފައިވަނީ "އަފްރާޝީމްގެ މަރަކީ އެމްޑީޕީގެ ލީޑަރޝިޕުން ކޮށްފައިވާ ކަމަކަށްނުވާނެ" ކަމަށެވެ. އަދި "އަފްރާޝީމްގެ މަރަކީ ޔާމީން ރާވައިގެންކޮށްފައިވާ ކަމެއްވެސް ނޫން" ކަމަށެވެ.
ބައެއް ފަރާތްތަކުން އަފްރާޝީމްގެ މަރާ ކުރީގެ ރައީސް ޔާމީނާއި ގުޅުވަން އުޅުވަން މަސައްކަތްކުރި ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ސަބަބެއް ކަމަށް އުމަރު ވިދާޅުވީ ތަހުގީގު ހިނގައިދިޔަ ގޮތް އޭނާ ވަރަށް ގާތުން ބެލުމެވެ.
އަފްރާޝީމް އަވަހާރަކޮށްލުން ރައީސް ޔާމީނާއި އަދި އެމްޑީޕީއާ ސީދާ ގުޅުމެއް ނެތަސް އެކަމަށް ފަންޑުކުރި މީހުން ގުޅެނީ އެމްޑީޕީ އާއި ކަމަށާއި އަދި އެއީ ހަމައެކަނި އެމްޑީޕީގެ ބަޔަކަށްވިކަން އެކަނި ކަމަށް އުމަރު ވިދާޅުވިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ