މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މަޤާމަށް ރައީސުލްޖުމުހޫރިއްޔާ އައްޔަނު ކުރެއްވި އައިޝަތު ނަހުލާ އެދާއިރާގެ ތަޖުރިބާ ކާރު ބޭފުޅުންނާއި ބައްދަލު ކުރައްވަން ފައްޓަވައިފިއެވެ.
މިގޮތުން މިނިސްޓަރ އައިޝަތު ނަހުލާ މިއަދު ވަނީ، އޭވިއޭޝަނ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައި މަހުމޫދު ރާޒީ އާއި ބައްދަލު ކުރައްވާފައެވެ.
މިބައްދަލުކުރެއްވުން އޮތީ ޖުމުހޫރީޕާޓީގެ އޮފީހުގައެވެ.
މަހުމޫދު ރާޒީ އާއި އެކު މިބޭއްވި ބައްދަލުކޮށްލެވުމުގައި އޭވިއޭޝަން ދާއިރާ އާއި ގުޅޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުއްރައްވާފައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވަޒީރުކަންވެސް ކުރެއްވި މަހުމޫދު ރާޒީ މިހާރު ހުންނެވީ، އީޔޫ ސައުތު އޭޝިއާ އޭވިއޭޗަން ޕާޓްނާޝިޕް ޕްރޮޖެކްޓްގެ ޕްރޮޖެކްޓް ޑިރެކްޓަރުގެ މަޤާމުގައެވެ.
ޓްރާންސްޕޯޓު މިނިސްޓަރ އައިޝާ ދާއިރާގެ ތަޖުރިބާކާރުންނާއި ބައްދަލު ކުރައްވަން ފައްޓަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ