ފަލަސްޠީންގެ ރައްޔިތުން ދިވެހިން ދެކެ އިންތިހާއަށް ލޯބިވޭ: ޝެއިޚް ދީދީ
“އަހަރުމެން ވަނީ ޣައްޒާ އާއި އެކު” ގެ ދަރުސްގައި ޝެއިޚް ދީދީ ވާހަކަ ދައްކަވަނީ | ދިއިސްލާމް ފޮޓޯ: ވިޝާހްފަލަސްޠީންގެ ރައްޔިތުން ދިވެހިން ދެކެ އިންތިހާ އަށް ލޯބިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝެއިޚް ދީދީ ވިދާޅުވެއްޖެއެވެ.ފޮޓޯއިން: “އަހަރުމެން ވަނީ ޣައްޒާ އާއި އެކު” ގެ ދަރުސްރޭ ކާނިވާ ސްޓޭޖުގައި “އަހަރުމެން ވަނީ ޣައްޒާ އާއި އެކު” މިނަމުގައި އަދާލަތު ޕާޓީން އިސްނަގައިގެން ބޭއްވި ދަރުސްގައި ވާހަކަ ދައްކަވަމުން ޝައިހް މުހައްމަދު ދީދީ ވިދާޅުވީ “ފަލަސްޠީންގެ ރައްޔިތުން ދިވެހިން ދެކެ އިންތިހާ އަށް ލޯބިވާ ކަމަށާއި ދިވެހިން ފަލަސްޠީންގެ ރައްޔިތުންނާމެދު ބަހައްޓާ ގާތްކަމަށް އެމީހުން ޝުކުރުވެރިވާ”ކަމަށެވެ. ޝެއިޚް ދީދީ ދާދިފަހުން ފަލަސްތީނަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމުން ފެނުނު މަންޒަރުތައް ރޭގެ ދަރުސްގައި ވާހަކަ ދައްކަވަމުން ވަރަށް އަސަރާ އެކު ވިދާޅުވިއެވެ.ޝެއިޚް ދީދީ ވިދާޅުވީ “ދާދިފަހަކުން އަޅުގަނޑަށް ވަނީ ފަލަސްޠީނަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބިފައި. އަޅުގަނޑަށް ފެނުނީ ފަލަސްޠީނުގެ ރައްޔިތުންގެ ދަނޑުބިންތަކަށް އިޒްރޭލުގެ ސިފައިން ބަޑިހިފައިގެން ތިބިތަން. އަޅުގަނޑުމެން ފަލަސްޠީންގައި ތިއްބާ ހަލީލް މިސްކިތުގައި ވަނީ އަލިފާން ރޯކޮއްލާފައި. އަޅުގަނޑު ހަލީލް ސަހަރަށް ޒިޔާރަތްކޮށް އެމިސްކިތަށް ދީފައިވާ ގެއްލުން ވެސް ބެލިން. ދަންނަވަންތޯ ޖެހިގެން ސަހަރާ ހުރި އިރު ފަލަސްޠީން ރައްޔިތުންނަށް ޖެހެނީ އެތައް މޭލެއް ދުރަށް މައްޔިތާ ހިފައިގެން ވަޅުލަން ދަތުރުކުރަން. މިއީ އިޒްރޭލުގެ ސިފައިން ކުރާ އުނދަގޫ.” ފަލަސްޠީންގައި ޝެއިޚް ދީދީ ކުރި ތަޖުރިބާ ކިޔައިދިނެވެ.ޝެއިޚް ދީދީ އިތުރަށް ވިދާޅުވީ “ފަލަސްޠީންގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ލިބެމުންއެދާ އަނިޔާތަކުން އެމީހުން ސަލާމަތްކުރުމަށް ޖާނާއި މާލުން އަދި ވެވެން އޮތްގޮތަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބެއް”ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ