ބޭނުންހާ ގޮތަކަށް ގައުމު މޮޑެނުލެވޭނެ: ގާސިމް

ގައުމު ބޭނުންހާ ގޮތަކަށް މޮޑެނުލެވޭނެކަަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ މ. ކުނޫޒުގައި ޖުމްހޫރީ ޕާޓީއަށް ބަޔަކު ގުޅޭތީ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
"ވަކިހިސާބަކަށް މޮޑެލަންފޭށީމާ ދެން ގައުމިއްޔަތެއް ހުރި ވަތަނިއްޔަތެއް ހުރި ދީނީވަންތަކަމެއް ހުރި އީމާންކަމެއް ހުރި މީހަކަށް ނުހުރެވޭނެ އަނގައިން ނުބުނެއެއް. އަޅުގަނޑުގެ ކުރިމަތީގަ މި ދުނިޔެ އެކަންޏެއް ނޫން،"
ގާސިމް ވިދާޅުވީ މީހަކު ދީފާނެ އަނިޔާއަކަށް ލިބިދާނެ ގެއްލުމަކަށް ނުބަލަވާނެކަމަށެވެ.
"ދިވެހި ރައްޔިތުންނަށޤ ކުރިއެރުން ލިބޭކަމަށްވަންޔާ އަޅުގަނޑަށް ވެސް އަޅުގަނޑުގެ އާއިލާއަށް ވެސް އެކަން ލިބޭނެ. އެއީ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ މީހާ ކަމުގައި ވިއަސް ވެސް އަދި އެނެމް ދެރަނިކަމެތި މީހާކަމަށް ވިއަސް،"
ޖުމްހޫރީ ޕާޓީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުައި ވާދަކުރާ ވާހަކަ ބުނުމުން އެކަމާ ބަޔަކު ކަނބޮޑުވާކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
"ޖުމްހޫރީ ޕާޓީން 2023 ވަަނަ އަހަރު ރިޔާސީ އިންތިހާބަށް ކުރިމަތިލާވާހަކަ އަޅުގަނޑު ބުނީމަ ވަރަށް ކަންބޮޑުވާކަމަކަށް ބައެއް ބޭފުޅުންނަށް ވެއްޖެކަންނޭގެ،"
ގާސިމް ވިދާޅުވީ 2023 ވަނަ އަހަރު އެ ޕާޓީގެ ކެނޑިޑޭޓެއް ކަނޑައަޅާނީ އެ ޕާޓީގެ މެންބަރުންކަމަށެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރާނަމަ އެ ޕާޓީ ހިންގުމުގައި ދަތިތަކެއް ކުރިމަތިވާނެކަމަށެވެ.
"ޖުމްހޫރީޕާޓީން ރައީސުލްޖުމްހޫރިއްޔާ ކަމަށް ނުނިކުންނާނެކަމަށް ވަންޏާ ކުރިންވެސް ދިޔަގޮތަށް އެއް ފަހަރު ކަނާތައް އަނެއްފަހަރުވައަތައް ވައިއެޅެމުން ދިޔާމަ ނިމުނީ. މި ޕާޓީން ވެރިކަމަށް ނުކުންނަށް ނުވިސްނާނަމަ މި ޕާޓީގަ އުޅޭނީ ކޮންބައެއްތޯ؟ މި ޕާޓީ ޕާޓީއަކަށް ހަދާނީ ކިހިނެއްތޯ؟"
ގާސިމް ވަނީ އެމްޑީޕީގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ފާޑުކިއުން އަމާޒުވާކަމަށް ދައްކަވާ ވާހަކަފުޅު މިރޭވެސް ތަކުރާރުކުރައްވާފައެވެ.
"އަމިއްލަ ޕާޓީގެ ތެރެއިންނާ އެނޫންވެސް މީހުން ފާޑުކިއުން. މިއެއް ނޫންގޮތަކީ ދެއްތޯ؟ ވެރިކަން ކުރަން އޮންނާނެ ފަސް އަހަރު. އެއަށްފަހު މީހަކު ނެރޭ ވާހަކަ މި ދައްކަނީ އިނގޭތޯ. އަޅުގަނޑުމެން ނެރޭނަން އިނގޭތީ ބަަޔަކު ކަނބޮޑުވިޔަސް ނުވިއަސް،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ