މޫސުން ގޯސްވުމުގެ ސަބަބުން މިއަދު އޮންނަ އަޑުއެހުން ތަކަށް ގައިދީން ހާޒިރެއް ނުކުރެވުނު: މުނާޒު

މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން މިއަދު ބޭއްވުމަށް ޝެޑިއުލް ކޮށްފައި ހުރި އަޑުއެހުންތަކަށް ގައިދީން މާލެ ގެނެވިފައި ނުވާކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އާއި ހޯމް މިނިސްޓަރު ޓެގު ކުރައްވައި މުނާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު އޮންނަ އަޑުއެހުން ތަކަށް ކަރެކްޝަނަލް ސާވިސްއިން ކަނޑު ހުރަސްކޮށް ގެންނަން ޖެހޭ ގައިދީން މޫސުން ގޯސްވުމުގެ ސަބަބުން ކޯޓަށް ހާޒިރުކުރެވިފައި ނުވާ ކަމަށެވެ.
މިއަދުގެ ހެނދުނު 7:30 އިން 11:30 އާ ދޭތެރޭ ކ.އަތޮޅުން، ދ.އަތޮޅާ ދޭތެރެއަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މުސުމާ ބެހޭ އިދާރާއިން ވަނީ ޔެލޯ އެލާޓު ނެރެފައެވެ.
އޭގެ އިތުރުން ރާއްޖެއަށް މިހާރު ކުރަމުންދާ ވިސާރައިގައި ދަތުރު ފަތުރު ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އިލްތިމާސްްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ