މަރްޖާހގައި މުޖާހިދުންގެ ޙަމަލާތައް ވަރުގަދަ ކުރަނީ

ހަބަރު: އަހްމަދު ޚަލީލްހަނގުރާމައިގެ ހަތަރު ވަނަ ދުވަހު މަރްޖާހގައި އެމެރިކާއާ ހުޅަނގު އަދި އަފްޣާން ސަރުކާރުގެ ގުޅިފައިވާ ލަޝްކަރަށް މުޖާހިދުންގެ ވަރުގަދަ ޙަމަލާތަކާ ކުރިމަތިވާންފަށައިފިއެވެ. ހަނގުރާމަ ފެށުމުގެ ކުރިން މުޖާހިދުން ބުނެފައިވަނީ މިހަނގުރާމައަށް އެމީހުން ވަރަށް ރަނަގަޅަށް ތައްޔާރުވެފައިވާ ކަމަށާ ޙަމަލާ ދިނުމުގައި އަވަސް އަރުވާލައިގެން އެކީ އެއްފަހަރާ ޙަމަލާ ނުދޭނެކަމަށެވެ. ހަނގުރާމަ ފެށިގެން ތިން ދުވަސް ފާއިތުވެ ދިޔައިރު އެމެރިކާއާ އަފްޣާން ސިފައިންގެ ކޮމާންޑަރުން ބުނަމުން އައިސްފައިވަނީ ޠާލިބާން މުޖާހިދުންގެ ލަޝްކަރުގައި ގުޅުމެއް ނެތް ކަމަށާ ޙަމަލާތައް އަންނަނީ ވަކިވަކިން ކަމަށެވެ. އަފްޣާނިސްތާނު ސަރުކާރުގެ ކޮމާންޑަރެއް ކަމަށްވާ އަމީނުއްﷲ ބުނި ގޮތުގައި މުޅިރަށްވަނީ ގުޅިފައިވާ ލަޝްކަރުގެ ބާރުގެ ދަށުގައެވެ. އަދި މުޖާހިދުންވަނީ އެސަރަޙައްދުން ފައިބައިގެން ގޮސްފައެވެ. ނަމަވެސް، ހަނގުރާމަ ހިނގާ ސަރަޙައްދުގައި ޙަރަކާތް ތެރިވާ އަލްޖަޒީރާގެ މުރާސިލާ ޒީނާ ޚުދްރުއާ ޙަވާލާދީ އަލްޖަޒީރާއިން ހާމަ ކުރާގޮތުގައި ވަކިވަކިން ޙަމަލާދިނުމަކީ ޠާލިބާން މުޖާހިދުން ބޭނުންކުރާ ހަނގުރާމައިގެ އުކުޅެއްކަމުގައެވެ. މުޖާހިދުން އަދި ސަރަޙައްދު ދޫނުކުރާކަމަށާ އަދި މުޅިރަށުގައި މުޖާހިދުން ޙަރަކާތްތެރިވާކަމަށްވެސް އަލްޖަޒީރާއިން ހާމަކުރެއެވެ. އިއްޔެގެ ހަނގުރާމައިގާ ގުޅިފައިވާ ލަޝްކަރުން މަރްޖާހގެ ބާޒާރު ހިފުމަށް އައި ފައުޖުތަކަށް މުޖާހިދުންވަނީ ވަރުގަދަ ޙަމަލާތަކެއްދީ ދެފަހަރެއްގެ މަތިން ފައްސާލާ ފަހަތަށް ޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ