މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން މާދަމާ ބާއްވާ ގޮތަށް ކުރިން ހަމަޖައްސާފައިވާ ސިފައިންނާއި ސްކޫލްތަކުގެ ކުދިންގެ ރޫޓު މާޗް އާދީއްތަ ދުވަހު ބާއްވާ ގޮތަށް ހޯމް މިނިސްޓްރީން ނިންމައިފި އެވެ.
އާދީއްތަ ދުވަހު ހަވީރު 4:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ހިނގާލުން ކުރިއަށްދާނީ ބަންޑާރަކޮށިން ނިކުމެގެން ބޮޑުތަކުރުފާނު މަގުން ޖުމްހޫރީ މައިދާނުން ހުޅަނގަށް ގޮސް ޗާންދަނީމަގުން އޯކިޑްމަގަށް އަޅައި، މަޖީދީމަގުން އިރަށް ގޮސް ސޯސަންމަގުން މެދުޒިޔާރަތްމަގަށް އެޅުމަށްފަހު ވެލާނާ ބިލްޑިންގ ކައިރިން އަމީރުއަޙްމަދު މަގަށް އަޅައި ބަންޑާރަކޮއްޓަށް ނިންމާ ގޮތަށެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ބާއްވާ ޝަރަފުގެ މި ހިނގާލުން މިއަހަރު ބާއްވަން ކުރިން ނިންމާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ.
ހޯމް މިނިސްޓްރީން މިހާރު ނިންމާފައިވާ ގޮތުން ނަމަ، ގަލޮޅު ދަނޑުގައި ބާއްވަން ނިންމި މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުތައް އޮންނާނީ ހޮނިހިރު ދުވަހުގެރޭގަ އެވެ. ކުރިން ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމާފައި އޮތް ކުޅިވަރުތަކުގެ އައިޓަމްތައް ހޮނިހިރު ދުވަހުގެރެ އަށް ފަސްކުރުމާ ގުޅިގެން، ރައީސް އަބްދުﷲ ޔާމީން ވަނީ އާދީއްތަ ދުވަހަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއް ކަމަށް ނިންމަވާފަ އެވެ.
އެގޮތަށް، ރައީސް ނިންމެވީ މިނިވަން ދުވަހުގެ ކުޅިވަރުތަކާ ގުޅޭ ކަންކަމުގައި ގިނަ އަދަދެއްގެ ސްކޫލް ކުދިންނާއި ސަރުކާރުގެ މުވައްޒަފުން ބައިވެރިވާތީ އެ މީހުންނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވި އެވެ.
މިނިވަން ދުވަހުގެ ހާއްސަ ޕެރޭޑް އާދީއްތަ ދުވަހު ހަވީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ