އިލެކްޝަން ކޮމިޝަނުން އަދަލަތު ޕާޓީއަށް ދޭންޖެހޭ ފައިސާ ނުދީ ހިފަހެއްޓި މައްސަލާގައި އަދާލަތު ޕާޓީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ޕާޓީއާއި ދެކޮޅަށް ނިންމައިފިއެވެ.
އަދާލަތުން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ދައުވާކޮށްފައިވަނީ 10000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ފައިސާ ދޭން ނުޖެހޭ ގޮތަށް ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން އަދާލަތަށް ފައިސާ ނުދޭން ނިންމުމުންނެވެ. އެމައްސަލާގައި އަދާލަތުން ސިވިލް ކޯޓުގައި އެދިފައިވަނީ އެ ޕާޓީއަށް ފައިސާ ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލު ކުރުމަށެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން ހުކުމް އިއްވާފައިވަނީ އަދާލަތުން އެދުނު ގޮތަށް އިލެކްޝަންސް ކޮމިޝަނަށް އަންގާ އަމުރު ކުރާނެ ތަނެއް ނެތް ކަމަށެވެ.
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީ ތަކަށް ކޮންމެ އަހަރަކު ވެސް ދޫކުރާ ފައިސާ 10،000 މެންބަރުން ހަމަނުވާ ޕާޓީ ތަކަށް ދޭން ނުޖެހޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނު އިސްލާހުކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ.
އަދާލަތު ޕާޓީގައި މިހާރު ތިބީ 6891 މެންބަރުންނެވެ.
ފައިސާ ނުދޭން ނިންމި މައްސަލާގައި އަދާލަތުން ކުރި ދައުވާ ނާކާމިޔާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ