އިލެކްޝަންސްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ހުންނާނީ މިއަދުން ފެށިގެން މި ހަފްތާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރަކަށް އައްޔަނު ކުރާ މީހުންގެ ކިބައިގައި އަށް ޝަރުތެއް ހަމަވާން ޖެހެއެވެ. އޭގެތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި މުސްލިމަކަށް ވުމާއި އުމުރުން 25 އަހަރު ފުރިފައިވުން ހިމެނެއެވެ.
އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތެއް ސާބިތުވެފައިވާ މީހަކަށް ނުވުމާއި ރާއްޖޭގެ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން ލާޒިމުވެއެވެ. އަދި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައިވެސް އެމީހާ ވެގެން ނުވާނެއެވެ.
މީގެ އިތުރުން ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހެއް ކަމުގައިނުވުމަކީވެސް ޝަރުތެކެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ