ކުއްލި ޚަބަރު: ޖަޕާނުގެ ރަށަކަށް ބާރުގަދަ ބިންހެލުމެއް އައުމާއި އެކު ސުނާމީ އިންޒާރުދީފި

ބިންހެލުން އައީ ރާއްޖެފަދަ ޖަޒީރާ އަކަށް07.03.2010 ޖަޕާނުގެ އައްސޭރިފަށުގެ ރަށަކަށް ބިންހެލުމަކާއި އެކު ސުނާމީ އިންޒާރުދީފިއެވެ.މިބިންހެލުން އައިސްފައިވަނީ ޖަޕާނުގެ ދެކުނު އައްސޭރިފަށުގައި އޮންނަ ރަށަކަށްކަމަށް މީޑިއާތަކުން ބުނެއެވެ. ކަނޑުގެ ސަރަޙައްދުން 16.5 ކިލޯމީޓަރު އަޑިން  އައި މިބިންހެލުމުގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުން ނުވާކަމަށްްވެއެވެ. މިބިންހެލުމުގެ ސަބަބުން އެސަރަހައްދުގެ ރަށްތަކަށްވަނީ ސުނާމީގެ އިންޒާރުވެސް ދީފައެވެ.ްމިއީ 6.6 ގެ ބާރުގަދަ ބިންހެލުމެއް ކަމަށް ބައެއް މީޑިއާތަކުންދަނީ ބުނަމުންނެވެ. މިބިންހެލުމުގެ ތަފްސީލީ ޚަބަރު އަދި މީޑިއާތަކުން ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ