އުތުރުގެ އަތޮޅުތަކަށް އަދިވެސް މޫސުން ގޯސް

އަވަށްޓެރި ސްރީލަންކާގެ މަތީގައި އުފެދި، މިހާރު ހުޅަނގަށް ދަތުރުކުރަމުންދާ ކޮޅިގަނޑުގެ ސަބަބުން އުތުރުގެ އަތޮޅުތަކުގެ މޫސުން މިއަދުވެސް ގޯސްވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ކެރީގެ އަސަރު ފޯރިނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ޢާއްމުގޮތެއްގައި ރަގަޅުވާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރެރެއެވެ.
އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ދެކުނުގެ ސަރަހައްދަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު3 މޭލާ 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ. އާއްމު ގޮތެއްގައި ވައިމަޑުވިނަމަވެސް، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
ކަނޑުތަކަށް ބަލާއިރު، އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެއެވެ. ދެކުނުގެ ކަނޑުތައް މަޑުވާނެއެވެ.
ބޯކޮށް ވާރޭވެހި ގުގުރައި އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ޢާއްމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
އިއްޔެވެސް އުތުރުގެ އަތޮޅުތަކަށް ވައިޓް އެލަރޓް ނެރުނުއިރު، މިއަދު ހެނދުނާއި ހަމައަށްވެސް ވައިޓް އެލަރޓްގެ މުއްދަތު އިތުރު ކުރިއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ