ރައްޔިތުން ބޭނުންވާ ތަރައްގީ ރައީސް ޔާމީންގެ ވެރިކަމުގައި ފެނިގެންދާނެ - މުއިއްޒު

ރައްޔިތުން ބޭނުންވާ ތަރައްޤީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެ ވެރިކަމުގައި ފެނިގެންދާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބައިވެރިވެވަޑައިގެން "އެންމެގާތުން މެޑަމް ފާތުންނާއި އެކު" ގެ ނަމުގައި މިރޭ ކުޅުދުއްފުށީގައި ކުރިޔަށްދާ ޙާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ރައީސުލް ޖުމްހޫރިއްޔާ އެކުރައްވާ މަސައްކަތްޕުޅަކީ މީގެ ކުރީގައި އެއްވެސް ޒަމާނެއްގައި މިހާ ގިނަ، އަދި ހަލުވިކޮށް ކުރެވުނު މަސައްކަތެއް ނޫން ކަމުގައެވެ.
އަދި ހަލުވިކަމާއެކު ތަރައްޤީވަމުން އަންނަ މި މަސައްކަތްތައް، ހުއްޓުމަކީ އެއްވެސް ބަޔަކު ބޭނުންވާނޭ ގޮތެއް ނޫންކަމަށާއި، މި ސަރުކާރުން މިހާރުވެސް މަސައްކަތް ކުރަމުން މި ގެންދަނީ މިހާރު ހުއްޓިފައި ހުރި މަސައްކަތްތައްވެސް އަލުން ފެއްޓެވުމަށް ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، ކުޅުދުއްފުށީގެ ތަރައްޤީއަށް ރައީސް ޔާމީން ކުރައްވާ މަސައްކަތަކީ ނުދެއްކިޔަސް އެންމެހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ވާހަކަތަކެއްކަމަށެވެ.
އެގޮތުން އެއާޕޯޓު ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫއުގެ އިތުރުން މަގުހެދުމުގެ މަޝްރޫއު، މިހާރުވެސް ހަލުވި ދުވެލީގައި ކުރިޔަށް އެބަ ދާކަމުގައި މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ