އެންމެ ބޮޑު ހިތްވަރަކީ މުވައްޒަފުންގެ ތެދުވެރިކަމާ ސާބިތުކަންމަތީ ތިބޭތިބުން : ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތި ވަމުންދާ މިދަނޑިވަޅުގައި ލިބޭ އެންމެ ބޮޑު ހިތްވަރަކީ މުވައްޒަފުންގެ ތެދުވެރިކަމާ ސާބިތުކަންމަތީ ތިބޭތިބުން ކަމަށް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މުވައްޒަފުން ދައްކަމުން ގެންދާ ހިތްވަރާ ސާބިތު ކަމަށް ތައުރީފު ކުރައްވައި ޝުކުރު އަދާކުރައްވުމުގެ ގޮތުން ވިލާގެ މުވައްޒަފުންނަށް ގާސިމް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ
"މިދަނޑިވަޅުގައި ކެތްތެރިކަމާއި ސާބިތުކަމާއެކު މުވައްޒަފުން ދައްކަމުން ގެންދާ ހިތްވަރު އަޅުގަނޑު ޝުކުރުވެރިކަމާއެކު ބަލައިގަންނަމެވެ. މިވަގުތު އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީވެސް ތިޔަ ލޮބުވެތި މުވައްޒަފުންގެ ތެދުވެރިކަމާއި ސާބިތު ކަމެވެ. އަޅުގަނޑުމެންގެ ވިޔަފާރިތަކުގެ އިމަކީ އަބަދުވެސް ގާނޫނުގެ އިމެވެ. ހުރިހާ ކަމެއް ކޮށްފައިވާނީ އަދި ދެންވެސް ކުރަމުންދާނީ ގާނޫނުގެ އިމުގެ ތެރެއިން. އަޅުގަނޑުގެ ނަސޭހަތަކީ އިދި އިލްތިމާސަކީ ތިޔަ ލޮބުވެތި މުވައްޒަފުން ވެސް އަބަދުމެ މި އިމުގެ ތެރޭގައި ސާބިތުވެ ތިބުމެވެ،" ގާސިމް ވިދާޅުވެފައި ވެއެވެ.
އަދި ވިޔަފާރިތަކަށް މިވަގުތު ގޮންޖެހުންތަކެއް ކުރިމަތި ކުރުވަމުންދަނީ ވިލާއިން އެއްވެސް ގާނޫނަކާ ހިލާފު ވެގެން ނޫން ކަމަށްވެސް ގާސިމް ވިދާޅުވެފައި ވެއެވެ.
އެސިޓީގައި ގާސިމް ވަނީ މުވައްޒަފުންގެ ކުރިއެރުމަށްޓަކައި އެވަގުތަކު ކޮށްދެވެން އޮތް އެންމެ ރަނގަޅަށް މުވައްޒަފުންނާއި އާއިލާތަކަށް ކަންތައްތައް ކޮށްދެވޭތޯ އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެ އުސޫލުން އަމަލު ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ވިލާގެ މުވައްޒަފުންނަށް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ