ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ކޮށްދިނުން އެދި ގުޅިފައިވާ ޕާޓީތަކުން ފުލުސް އޮފީހަށްދަނީ

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ފެބްރުއަރީ 1، 2018 ގައި ނެރެފައިވާ އަމުރު ތަންފީޒްކޮށް ދިނުމަށް އެދި ގުޅިފައިވާ ޕާޓީތަކުން ފުލުސް އޮފީހަށް ދިއުމަށް ނިންމައިފިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ރާއްޖެ އެމްވީއަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ އަމުރު ތަންފީޒް ކޮށްދިނުމަށް އެދި ގުޅިފައިވާ ޕާޓީތަކުން އާދީއްތަ ދުވަހު ފުލުހުންނާ ބައްދަލު ކުރުމަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސަމީރު ވިދާޅުވީ ބައްދަލުކުރުމަށް އެދި ފުލުސް އޮފީހަށް ދިއުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ 11 ޖަހާއިރު ކަމަށާއި އެބައްދަލުވުމަށް ޕާޓީތަކުގެ އިސްބައެއް ބޭފުޅުންނާއި ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ނުކޮށް ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައެވެ. އަދި ކުރީގެ ރައީސް މައުމޫނާއި ބައެއް ސިޔާސީ ބޭފުޅުންވެސް ވަނީ ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.
ގުޅިފައިވާ ޕާޓީތަކުން ދަނީ 1 ފެބްރުއަރީގެ އަމުރު ތަންފީޒް ކުރުމަށް ގޮވާލާ ސިލްސިލާކޮށް އިހްތިޖާޖް ކުރަމުންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ