ޖާބިރުގެ 1 އަހަރު ދުވަހުގެ ޖަލު ޙުކުމަށް ހައި ކޯޓުން ތާޢީދުކޮށްފި
ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެއް އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފިއެވެ.
ހައި ކޯޓުން އެ ހުކުމަށް ތާއީދުކޮށްފައިވަނީ، ދަށުކޯޓުން މައްސަލަ ނިންމާފައިވަނީ އެނާގެ ހައްގުތައް ގެއްލޭ ގޮތަށްކަމަށް ބުނެ އެ ނިންމުން ބާތިލްކޮށްދިނުމަށް އެދި ޖާބިރުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފްކުރުމުންނެވެ.
މި މައްސަލަ ނިންމާ ހައިކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ ޖާބިރު ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ޖާބިރުގެ ފަރާތުން ހެކިބަސް ނަގާފައިވަނީ އޭނަގެ ހައްގުތަށް ގެއްލޭ ގޮތަށްކަމަށް ޖާބިރު ބުނިނަމަވެސް، ހުށައެޅި ހެކިތަކުންނާއި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން ޝަރީއަތަށް އެކަން ސާބިތުނުވާކަމަށެވެ. އަދި ދަށު ކޯޓުން ލިއުމުން ހެކި ހުށަހެޅުމަށް ޖާބިރަށް ފުރުސަތު ދިން ނަމަވެސް އެކަން އެނާކޮށްފައި ނުވާކަމަށްވެސް ހައިކޯޓްގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ. ކުޑަކަމުދާ ތަކެތި ދިނުމަށް އެދުނު ފޯމަކީ ފުލުހުން އާންމުކޮށް ބޭނުންކުރާ ފޯމާއި ތަފާތު ފޯމެއްކަމަށް ޖާބިރުގެ ފަރާތުން ބުނިނަމަވެސް ހެކިންގެ ހެކިބަހުން އެއީ ސައްހަ ފޯމެއްކަން އެނގޭތީ އެފޯމުގެ ސައްހަކަން ގެއްލިފައި ނުވާކަމަށްވެސް ހައިކޯޓްގެ ހުކުމުގައިވެއެވެ.
އެމްޑީޕީގެ ޓީކެޓްގައި އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ވާދަކުރަމުންދާ އަބްދުﷲ ޖާބިރުގެ މައްޗަށް ކޮށްފައިވާ އެއްއަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރުމަށް އެނާ ހުރީ މާލޭ ޖަލުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ