ނަޝީދު ގާސިމް އަށް "ޝުކުރިއްޔާ"

ވަކި ފަރުދަކު ޖުމްހޫރީ ޕާޓީއާ ގުޅުނު ނަމަވެސް އިދިކޮޅު އިއްތިހާދުގެ ގުޅުމަށް ބުރޫ އެރިޔަނުދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމުން އެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝުކުރު އަދާކުރައްވައިފިއެވެ.
ގާސިމް އަށް ނަޝީދު ޝުކުރު އަދާކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ގާސިމް މިހެން ވިދާޅުވެފައިވާއިރު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖޭޕީއަށް މިދިޔަ ހަފްތާގައި ސޮއިކުރެއްވުމަށްފަހު ވަނީ އިއްތިހާދުގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީ އަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން އުމަރު ވަނީ އެމްޑީޕީގެ އެއްވެސް ކަމެއްގައި ވެސް އަދި އެމްޑީޕީން ބައިވެރިވާ އިދިކޮޅުގެ އެއްވެސް ހަރަކާތެއްގައި ވެސް ބައިވެރިނުވާނެ ކަމަށް ވިދާޅުވެފައެވެ.
އުމަރުގެ މި ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެމްޑީޕީއާއެކު މަސައްކަތް ނުކުރައްވާނެ ކަމަށް އުމަރު ވިދާޅުވުމަކީ "ޕާޓީ ނިޒާމާ ބީރައްޓެހި މީހުން" ކުރާ ބާވަތުގެ ކަންކަން ކަމަށެވެ.
އުމަރު އަކީ ވަރަށް ކުރީއްސުރެން ފެށިގެން ވެސް އެމްޑީޕީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ