އައިއޯއިޖީގައި ރަން މެޑަލް ހޯދާ އެތުލީޓުންނަށް ދިރާގުން އެއް އަހަރު ވަންދެން ބްރޮޑްބޭންޑް އިންޓަނެޓް ކަނެކްޝަން ހިލޭ ފޯރުކޮށްދެނީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ވާދަކުރާ ރާއްޖޭގެ އެތުލީޓުންގެ ތެރެއިން ރަން މެޑަލް ހޯދާ ކޮންމެ އެތުލީޓަކަށް އެއް އަހަރު ވަންދެން ހިލޭ އިންޓަނެޓް ބްރޮޑްބޭންޑް ކަނެކްޝަން ފޯރުކޮށްދިނުމަށް ދިރާގުން ނިންމައިފިއެވެ. ދިރާގުން މިގޮތަށް ނިންމީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ކޮމިއުނިކޭޝަން ޕާޓްނަރެއްގެ ގޮތުގައި އޮލިމްޕިކޮ ކޮމިޓީއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުންނެވެ. ދިރާގުން މިހުޅުވާލި ފުރުސަތުގެ ދަށުން ޓީމް އިވެންޓްތަކުންނާއި އިންޑިވިޖުއަލް އިވެންޓް ތަކުން މެޑަލް ހޯދާ އެތުލީތުންނަށް ބްްރޯޑްބޭންޑް ކަނެކްޝަން ކިޓް ލިބިގެންދާނެއެވެ. މިއަދު ދިރާގުގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ ދިރަގުގެ ޑިރެކްޓަރ އޮފް މާކެޓިން އަހްމަދު މައުމޫންއެވެ. އޮލިމްޕިކް ކޮމިޓީގެ ފަރާތުން ސޮއިކުރެއްވީ ޖެނަރަލް ސެކެޓްރީ އަޙްމަދު މަރުޒޫގެވެ. މީގެ ކުރިން އޮލިމިކް ކޮމިޓީން ވަނީ ދިރާގާ ގުޅިގެން އެސްއެމްއެސް މެދުވެރިކޮށް އައިއޯއައިޖީގެ ތާރީޚާ ގުޅޭ ކްއިޒެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ. މިކުއިޒުގައި ބައިވެރިވުމަށް quiz ޖެއްސެވުމަށްފަހު 322 އަށް އެސްއެމްއެސް ކުރުމުން ސުވާލު ލިބޭނެ ކަމަށާއި އެސުވާލަށް ޖަވާބު ރިޕްލައި ކުރުމުން އަނެއް ސުވާލު ލިބޭނެކަމަށް ވެސް އޮލިމްޕިކް ކޮމެޓީން ބުންޏެވެ. މިކުއިޒު މިއަންނަ މަހު 10 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ. މީގެ އިތުރުން އައިއޯއައިޖީ ރާއްޖޭގެ ދިދަ ހޯލްޑް ކުރާނެ އެތުލީޓަކު ކަނޑައެޅީވެސް ދިރާގާ ގުޅިގެން ހުޅުވާލި އެސްއެމްއެސް ޕޯލަކުންންވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ