އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބުދުﷲ ހައްޔަރުކޮށް، ޖަލަށްލާފައިވަނީ އަސްލެއް ނެތް ދައުވާއެއްގެ މައްޗަށް ބިނާކޮށްކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ 2015 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު މޭޑޭގެ ބިޔަ އެއްވުމަށްފަހު އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބުދުﷲ ހައްޔަރުކޮށް އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލާ 12 އަހަރަށް ޖަލަށްލީތާ 1000 ދުވަސް ފާއިތުވެފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބުދުﷲ އަސްލެއް ނެތް ދައުވާއެއްގެ މައްޗަށް ބިނާކޮށްކަމަށް ޖަލަށްލާފައިވާތާ 1000 ދުވަސް ހަމަވެފައިވާކަމަށެވެ. އަދި ނާއިންސާފާއި ބޭއިންސާފު އަބަދު ދެމި ނޯންނާނެކަމަށްވެސް ވިދާޅުވެ ރައީސް މައުމޫން ވަނީ މިހާރު ފުދިއްޖެކަމަށް ވިދާޅުވެފައެވެ.
މި ޓްވީޓްގައި ރައީސް މައުމޫން ވަނީ ޝައިޚް އިމްރާން އަބުދުﷲ ވަގުތުން މިނިވަންކުރުމަށްވެސް ގޮވާލާފައެވެ.
މިހާރު ފުދިއްޖެ، ނާއިންސާފު އަބަދަކު ދެމި ނޯންނާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ