ގާސިމް ހައްޔަރު ކުރި އިޖްރައާތު ގޯސްއިރު، ދައުވާކުރިއަށް ނުގެންދެވޭނެ: ގާނޫނީ ޓީމު

ހައިކޯޓުން މިއަދު ކުރި ހުުކުމްގެ ސަބަބުން ގާނޫން އަސާސީއާއި ގާނޫންތައް ނެގެހެއްޓުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ހިނގައްޖެކަމަށް ގާސިމް އިބްރާހިމްގެ ގާނޫނީ ޓީމުން ބުނެފިއެވެ.
މާފަންނު ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ގާސިމްގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ގާނޫން އަސާސީއާއި ގަވާއިދުތަކަށް ބެލުމެއްނެތި މީހުން ހައްޔަރުކުރަމުންދާދިއުމާއިމެދު ރައްޔިތުން ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ވަނިކޮށް ހައިކޯޓްގެ ހުކުމްގެ ސަބަބުން ވަރަށް ބޮޑު ޔަގީންކަމެއް ރައްޔިތުންނަށް ލިބިގެން ހިނގައްޖެކަމަށެވެ.
މަޖިލީހުގެ މެންބަރެއް ރަހީނުކޮށް އެތަށް ދުވަހެއްވަންދެން ދޫނިދޫގައި ބަންދުކޮށް ގާނޫންތަކާއި ޚިލާފަށް އެތަށްކަމެއް ކުރަމުންދަނިކޮށް އެކަންކަން ހައިކޯޓްގެ އަމުރަކުން ބާތިލްކުރުމަކީ މުޅި ގާނޫނީ ނިޒާމަށްވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މާރިޔާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ