"ހަވީރު" ނޫހުގައި މަސައްކަތްކުރި މުވައްޒަފުންނަށް އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭގޮތަށް ހުކުމްކޮށްފި

މިހާރު ހުއްޓާލާފައިވާ ރާއްޖޭގެ ނޫސް ކަމަށްވާ "ހަވީރު" ނޫހުގައި މަސައްކަތް ކުރަމުން ގެންދިޔަ މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރާނަމަ ފިޔަވަޅު އެޅުމަށް ސިވިލް ކޯޓުން ހޯމް މިނިސްޓްރީގެ މައްޗަށް ހުކުމްކޮށްފިއެވެ.
މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ހަވީރުގައި މަސައްކަތް ކުރި އެއްވެސް މުވައްޒަފަކަށް އެހެން އެއްވެސް މީޑިއާ އައުޓްލެޓެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށާއި ކުރާ ނަމަ ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީ އަށް ލާޒިމުކޮށްފައި ކަމަށެވެ.
އެ އަމުރަކީ މިއަދުން ފެށިގެން ދެ އަހަރު ދުވަހަށް ހިނގާނެ އަމުރެއް ކަމަށް ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.
ހުކުމްގައި ބުނެފައިވާގޮތުން މުވައްޒަފުންނަށް އެހެން މީޑިއާ އައުޓްލެޓްއެއްގައި މަސައްކަތް ކުރުން މަނާކޮށްފައިވަނީ އޭގެ ސަބަބުން ހަވީރަށް ގެއްލުން ދައްކާނެތީ ކަމަށެވެ. އެއީ އެއްވަގުތެއްގައި ހަވީރުގެ ގިނަ މުވައްޒަފުންނެއް އެހެން މީޑިއާއަކާ ގުޅުމުން ހަވީރަށް ގެއްލުން ކުރާތީ ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ