ކުޑަކަމުދާ ތަކެތި ބޭނުންކޮށްގެން ކަރަންޓު އުފައްދާ ސެލްއެއް ތައްޔާރުކޮށްފި

އިންސާނާގެ ކުޑަކަމުދާ ތަކެތި ބޭނުންކޮށްގެން ކަރަންޓު އުފައްދައިދޭ ހާއްސަ ފިއުލް ސެލް އެއް އުފައްދައިފިއެވެ.
ކުޑަކަމުދާތަކެތީގެ އެހީގައި ކަރަންޓު އުފައްދައިދޭ އެ ސެލް އަކީ އަގުހެޔޮވާނެ އެއްޗެކެވެ. އެގޮތުން އެއިން ސެލްއެއް އެއް ޕައުންޑަށް ލިބިދާނެ ކަމަށް ސައިންޓިސްޓުން ވަނީ ލަފާކޮށްފައެވެ.
އެފަދަ ސެލްއެއް އުފެއްދުމުގެ ބޭނުމަކީ ދަތި ތަނެއްގައި ނަމަވެސް ފަސޭހަ ކަމާއެކު އަގުހެޔޮ ގޮތަކަށް ކަރަންޓު އުފެއްދުން ކަމަށް ސައިންޓިސްޓުން ވަނީ ބުނެފައެވެ.
އެފަދަ ސެލްތަކުން އެންމެ އިންޗިއެއްގެ ސެލްއެއްގެ އެހީގައިވެސް މޯބައިލް ފޯނެއް ޗާޖު ކުރުމުގެ ބާރު ހުންނާނެއެވެ. އެ މަސައްކަތް ކުރަަނީ ބެކްޓީރިއާ ބޭނުންކޮށްގެން އޯގެނިކް ތަކެއްޗަށް ބަދަލުކޮށްގެނެވެ.
ރިސާޗަރުން ބުނެފައިވާގޮތުގައި އެ ސޯސް އިން ލިބޭ ހަކަތައަކީ ފަހަށް ރައްކާ ކުރެވޭނެ އެއްޗެއް ކަމަށެވެ. އަދި ބޭނުންވާ ކަމުގައިވާނަމަ ހަކަތަ އުފައްދަމުން ދާ ވަރަކަށް އެ ބޭނުންވެސް ކުރެވޭނެ ކަމަށް  ރިސާޗަރުން ބުނެއެވެ.
އެ ސެލް އުފެއްދި ޔުނިވާސިޓީ ކަމަށްވާ ޔުނިވާސިޓީ އޮފް ބާތުގެ ރިސާޗަރެއް ކަމަށްވާ ޑރ. ޓިމް މޭސް ވިދާޅުވީ އެ ސެލް އަކީ ކުރިއަރަމުން އަންނަ ގައުމުތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ