މައުމޫން ފައުންޑޭޝަނުން 10 ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން، މައުމޫން ފައުންޑޭޝަނުން 10 ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ސްކޮލާޝިޕްގެ ފުރުސަތުތަކަކީ އެ ފައުންޑޭޝަންގެ ފަރާތުން ހުޅުވާލާ ޕާޓް-ފަންޑަޑް ސްކޮލާޝިޕްތަކެއް ކަމަށާއި މި 10 ފުރުސަތަކީ އިންޑިޔާގެ ބެންގަލޫރުގެ ގާޑަން ސިޓީ ކޮލެޖްގައި ތަފާތު 5 ދާއިރާއަކުން ބެޗެލާސް ޑިގްރީ އަދި މާސްޓަރސް ހާސިލްކުރުމުގެ ފުރުސަތު ކަމަށް މައުމޫން ފައުންޑޭޝަނުން ވަނީ ބުނެފައެވެ. 
މި  ފުރުސަތު ތަކުގެތެރޭގައި ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗެލަރ އިން ބަޔޯޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް، ބެޗެލަރ އޮފް ފިޒިއޮތެރަޕީ، ބެޗެލަރ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަން އަދި މާސްޓަރ އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓް ހިނެނެއެވެ.
މިކޯސްތަކުގެ އެޕްލިކޭޝަން ފޯމު މައުމޫނު ފައުންޑޭޝަންގެ އޮފީހުން ލިބޭނެ ކަމަށާއި، މިހިނގާ ޖޫން މަހުގެ 25 ގެ ކުރިން ހުށައެޅުމަށް އެ ފައުންޑޭޝަނުން އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ