އިންޑިއާ އަށް މިހާރު ވަޑައިގެން އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ހަމަޖެހުން ގުޅިފައި އޮތީ ހަމައެކަނި ދިވެހި ރައްޔިތުންނާ އެކަނި ނޫން ކަމަށާއި އެއީ މުޅި މި ސަރަހައްދާއި ގުޅިފައިވާ ކަމެއް ކަމަށެވެ.
It was a pleasure to meet Indian PM @narendramodi. A strong, stable, and prosperous Maldives is not just in the interests of the Maldivian people, but the whole Indian Ocean region. pic.twitter.com/s44COTILLn
— Mohamed Nasheed (@MohamedNasheed) February 15, 2019
ނަޝީދު މޯދީއާ ބައްދަލުކުރެއްވިއިރު އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލަ ވަނީ ހޫނުވެފައެވެ. އެގޮތުން އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލާ ގައުމީ ހަރަކާތެއް ފެށުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަންނަނީ ތައްޔާރުވަމުންނެވެ.
ނަޝީދު އިންޑިއާ އަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް) އަދި ނެހެރޫ ޔުނިވާސިޓީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މޯދީގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާ ވެސް ނަޝީދު ވަނީ ބައްދަލުކުރައްވާފައެވެ. އޭގެތެރޭގައި އިންޑިއާގެ ޑިފެންސް މިނިސްޓަރާއި އެގައުމުގެ ފޮރިން މިނިސްޓަރު ހިމެނިވަޑައިގަންނަވައެވެ.
މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން ނަޝީދު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑިއާ އާއެކު އޮތް ގުޅުން ހީނަރުވެފައިވީ ނަމަވެސް ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވިފަހުން މި ގުޅުން ވަނީ އަލުން ބަދަހިވެފައެވެ.
ރައީސް ނަޝީދު މޯދީއާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ