އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ޖަލަށްލުމަށާއި ފުއާދާއި އެކޮމިޝަންގެ ކުރީގެ ނައިބު ރައީސް މަގާމުން ވަކިކުރުމަށް ކުރި ހުކުމާއި މެދު ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޓްރާންސް ޕޭރެންސީ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްޕްރީމް ކޯޓުން އަމިއްލައަށް އިސްނަގައިގެން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ބެލި މައްސަލައަށްފަހު އިއްވި ހުކުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަނޑައަޅާފައިވާ ތާރީހުގައި ބޭއްވުމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ދަތިތަކާއި މެދު އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނަށް މެމްބަރުން އައްޔަނުކުރުމާއި ވަކިކުރުމުގެ ބާރަކީ ގާނޫނުއަސާސީ އާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނުން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރެއް ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެ އެވެ.
އަދި އިންތިހާބަކާ ކައިރިވެފައި ވަނިކޮށް އަދި އިންތިހާބެއް ބޭއްވުމުގެ ކުރީ އެއް އަހަރު ތެރޭގައިވެސް އިލެެކްޝަންސް ކޮމިޝަންގެ މެމްބަރުން ބަދަލުކުރުމަކީ ބައިނަލްއަގްވާމީ އިންތިހާބީ މިންގަނޑުގެ ހަމައެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން އިދާރީ އަދި އިޖުރާއީ ކަންކަމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާކަމަށް ގަބޫލުކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.
އެބަޔާނުގައި އިތުރަށް ވަނީ ގާނޫނު ނެގެހެއްޓުމަށާއި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ތާރީހުތަކަށް އިހްތިރާމް ކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ޓްރާންސްޕޭރަންސީން ވެސް ކަންބޮޑުވުން ފާޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ