މޫސުން ލަފާކުރުމުގައި ކުށް ނުހެދުމަށް ކިމް ޖޮންގ އުން ގޮވާލައިފި

މޫސުން ލަފާކުރުމުގައި އުތުރު ކޮރެއާގައި ކުށް ހެދުން ގިނަވެފައި ވާތީ އެފަދަ ކުށް ނުހެދުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން ގޮވާލައިފި އެވެ.
ކިމް ޖޮންގ އުން ވަނީ، އޭނާގެ ޤައުމުގައި ހުންނަ މޫސުމާ ބެހޭ އެކިއެކި އިދާރާތަކަށް ޒިޔާރަތް ކޮށްފަ އެވެ. އަދި މޫސުން ލަފާކުރުމުގައި ދިމާ ވަމުންދާ ގިނަ ކުށްތަކުގެ ސަބަބުން ކިމް ހިތްހަމަނުޖެހުން ފާޅު ކޮށްފައި ވާ ކަމަށް އެ ޤައުމުގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ކިމް އިތުރަށް ބުނެފައިވަނީ ކުރީގެ އާލާތް ތައް ބޭނުން ކުރަމުން ދިއުމުން މިފަދަ ކަންކަން އިތުރު ވަމުން އަންނަ ކަމަށާއި މިފަދަ ކަންކަމާއިމެދު ކަންބޮޑު ވާކަމަށެވެ. އަދި ގުދުރަތީ ކާރިސާތަކުން ސަލާމަތް ވުމަށް ޒަމާނީ އާލާތްތައް ބޭނުން ކުރަން ޖެހޭ ކަމަށްވެސް ކިމް ވިދާޅުވިއެވެ.
އދ ގެ ހިސާބު ތަކުން ދައްކާ ގޮތުން އުތުރު ކޮރެއާގެ ކާބޯތަކެތި ނުލިބި ހާލުގައި ޖެހިފައިވާ 24 މިލިއަން މީހުން ތިބިއިރު މިފަދަ ހާދިސާތައް ދިމާވަނީ ފެންބޮޑުވުންފަދަ ގުދުރަތީ ކާރިސާތަކުން ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
އަދި އެ ގައުމުގެ ކޮންމެ ހަތަރު ކުއްޖަކުން އެއް ކުއްޖަކީ ހަށިގަންޑު އަނަރޫފަވުމުގެ ބައްޔާއި ކުރިމަތިލާންޖެހިފައިވާ ކުދިން ކަމަށްވެސް އެ ހިސާބުތަކުން އެނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ