މަޖިލީހުގެ ހުސްވެފައިވާ ހަ ގޮނޑީގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކުރުމަށް ސަރުކާރުގެ އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ހަ މެމްބަރުންގެ ގޮނޑި ގެއްލޭ ކަމަށް ކަނޑައަޅާ ބައި އިލެކްޝަންސް ބޭއްވުމަށް ނިންމީ ސުޕްރީމް ކޯޓުގެ ހުކުމާ ހިލަފަށް ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ ހަ ދާއިރާއެއްގެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން ވަނީ މީގެކުރިން އިއުލާންކޮށްފައެވެ. އެ މެމްބަރުންނަކީ ވިލިނގިލީ ދާއިރާ ތަމްޞީލު ކުރައްވަމުން ގެންދެވި ސައުދު ހުސެއިން އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފު މުހަންމަދާއި މަޑުއްވަރީ ދާއިރާ ތަމްޞީލް ކުރެއްވި މުހައްމަދު އަމީތު އަދި ތުލުސްދޫ ދާއިރާ ތަމްޞީލު ކުރެއްވި މުހަންމަދު ވަހީދު އިބްރާހީމެވެ. އޭގެއިތުރުން ގޮނޑި ގެއްލިފައިވާ ދެ މެމްބަރުންނަކީ މައްޗަންގޮޅީ ދެކުނު ދާއިރާ ތަމްޞީލުކުރައްވަމުން ގެންދެވި އަބްދުﷲ ޝިނާނާއި ދަނގެތި ދާއިރާ ތަމްޞީލުކުރައްވަމުން ގެންދެވި އިލްހާމް އަހުމަދެވެ.
ހަ މެމްބަރުންގެ ގޮނޑި ގެއްލިފައިވުމުން އެ ހަ ދާއިރާއަށް މެމްބަރުން އިންތިހާބުކުރުމަށް ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް އިން ވަނީ މިދިިޔަ މަހު އިއުލާންކޮށްފައެވެ. އަދި ވަރަށް އަވަހަށް ބައި އިލެކްޝަންގެ އިންތިހާބުގެ ތާރީހު އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް އިން ވަނީ ބުނެފައެވެ.
ބައި އިލެކްޝަންސް ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ