އިންސާފުގެ މަގާމަށް ގައުމުގެ މިސްރާބު ބަދަލުވެގެންދާ މަންޒަރު ފެނިއްޖެ: ގާސިމް

އިންސާފުގެ މަގާމަށް ގައުމުގެ މިސްރާބު ބަދަލުވެގެން އަންނަ މަންޒަރު ފެންނަމުންދާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމުމާ ގުޅިގެން ކުރެއްވި މަރުހަބާގެ ޓްވީޓެއްގަ އެވެ.
ގާސިމް އިބްރާހީމްގެ ޓްވީޓްގައި ވަނީ 12 މެންބަރުންނަށް މަރުހަބާ ދެންނެވުމަށްފަހު ގާނޫނުއަސާސީގެ ހިފެހެއްޓެވީތީ ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އިންސާފުގެ މަގަށް ބާރަށް މުޅި ގައުމުގެ މިސްރާބު ބަދަލުވެގެން އަންނަ މަންޒަރު ބޮޑުކޮށް ފެންނަމުންދާ ކަމަށެެވެ.
މިމަންޒަރު ފެނުނީ ރައްޔިތުން ނިކުމެ ބޮޑުތަނުން ބަދަލުކުރަން މަސައްކަތް ކުރެއްވުމުން ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ.
ގާސިމް އިބްރާހީމް ވަނީ ރާއްޖެއިން ބޭރުގައި ހުންނަވައިގެން 12 މެންބަރުންގެ މައްސަލާގައި އެ މެންބަރުންނާ އެކި ފަހަރު އެކި ގޮތަށް ބައްދަލުކުރައްވާ އެ ބޭފުޅުންގެ ހައްގުތައް ހޯއްދެވުމަށް ހިތްވަރު ދެއްވާފަ އެވެ. އަދި 12 މެންބަރުންގެ މައްސަލާގައި އިންސާފުވެރި ނިންމުންތަކެއް ނިންމައިދިނުމަށް އެމަނިކުފާނު ވަނީ މީގެކުރިން ތަކުރާރުކޮށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ