މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް ފައްޔާޒް އިސްމާއީލް މަގާމުން ދުރުކުރުން ނޫން ގޮތެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ އިކޮނޮމިކް މިނިސްޓަރ އޭނާގެ މަންމަ އާ ދިމާއަށް އައުގުރާނަ ގޮވާފައިވާ ކަމަށާއި އަދި އޭނާ މިހާރު މިހާރަށް މަޤާމުން ދުރުކުރުމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްއަށް އަމުރުކޮށް މިއަދު ކުރެއްވި ޓުވީޓާއި ގުޅިގެން ދެންމެ ކުރެއްވި ޓުވީޓެއްގައި އެވެ.
ޖާބިރު ދެންމެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް ފައްޔާޒް މަގާމުން ދުރުކުރުން ނޫން ގޮތެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ނެތް ކަމަށާއި ރައީސް އެމަގާމަށް ގެންނެވީ އޭނަގެ ލާރިން ކަމަށެވެ.
"އޭނާ މަގާމުން ދުރުކުރުން ނޫން ގޮތެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ނެތް , ރައީސް އެމަގާމަށް ގެންނެވީ މަގޭ ލާރިން " ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ފުރަތަމަ ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވފައިވަނީ އިކޮނޮމިކް މިނިސްޓަރ އޭނާގެ މަންމަ އާ ދިމާއަށް އައުގުރާނަ ގޮވާފައިވާ ކަމަށާއި އަދި އޭނާ މިހާރު މިހާރަށް މަޤާމުން ދުރުކުރުމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްއަށް އަންގާ އަމުރު ކުރާ ކަމަށެވެ.
ޖާބިރު މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު، ރައީސް ޞާލިޙްގެ ކެބިނެޓް އެކުލަވާލުމުގެ ކުރިން އިކޮނޮމިކް މިނިސްޓަރގެ މަޤާމަށް އެމަނިކުފާނުވަނީ ޝައުޤުވެރިކަން ފާޅު ކުރައްވާފައެވެ. އަދި އެކަމާ ގުޅިގެން ބައެއް މީހުންގެ ފާޑު ކިޔުން އަމާޒުވެގެން ދިއުމާއެކު، ޖާބިރަށް ތާޢީދު ކުރާ ގިނަ ބަޔަކުވަނީ މީސްމީޑިޔާގައި، "ޖާބިރު އޯކޭ"ގެ ނަމުގައި އިކޮނޮމިކް މިނިސްޓަރ ކަމަށް ޖާބިރު ކުފޫ ހަމަވާ ކަމަށްބުނެ ޚިޔާލު ފާޅުކޮށްފައެވެ.
ރައީސް ސޯލިހު ރައީސް ކަމަށް ގެނައީ އަހަރެންގެ ފައިސާ އިން - ޖާބިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ